ސާނިޔާ މިރްޒާ ވެސް ބަނޑުބޮޑު

ސާނިޔާ އާއި ޝުއައިބް ---

އިންޑިއާގެ ޓެނިސް ތަރި، ސާނިޔާ މިރުޒާ އަށްވެސް ދަރިއަކު ލިބެން އުޅޭކަމަށް ބުނެފިއެވެ.

ސާނިޔާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމު ކުރި ފޮޓޯ އަކާއެކު ދަރިއަކު ލިބޭކަން އާންމުކޮށްފައިވަނީ އިއްޔެއެވެ. އިންޑިއާގެ އެންމެ މަގުބޫލު އެއް ކުޅިވަރުގެ ތަރި ސާނިޔާ ކައިވެނިކޮށްގެން އުޅެނީ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ތަރި ސުއައިބު މަލިކް އާއެވެ. މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ.

2015 ވަނަ އަހަރުވެ ވިންބްލެޑަން މުބާރާތުގައި އަންހެން ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާގައިވެސް ހިމެނޭ ސާނިޔާ ވަނީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތައް ހޯދައިފައެވެ.

އެގޮތުން އޭނާ އަކީ ޑަބްލިއުޓީއޭ ޓޯނަމެންޓެއް ކާމިޔާބުކުރި އިންޑިއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ވޯލްޑް ޑަބަލްސް ރޭންކިން ގެ އެންމެ ކުރީގައި ހިމެނުނު އިންޑިއާގެ ކުޅުންތެރިޔާ އަކީވެސް ސާނިޔާއެވެ.

ވިހެއުމަށްފަހު ކުޅުމަށް ނިކުތުމާ ގުޅޭގޮތުން އޭނާ އަދި ވަކި އެއްޗެއް ނުބުނެއެވެ. ސާނިޔާ ވިހާނީ އޮކްޓޯބަރުގައެވެ.

comment ކޮމެންޓް