އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތްތައް ބަޔާންކޮށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމައަށް ތާވަލްކޮށްފިއެވެ.

އެ ނައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިނުގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމެވެ.

މާދަމާ އޮތީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެ ގާނޫނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ އިތުރުން ދެން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލްްކޮށްދިނުމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މީގެކިރިން ވަނީ ބާއްވާފައެވެ.

އެ ދެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެނުންޗުން ބުނެފައި ވަނީ އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

comment ކޮމެންޓް