ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ފަށަނީ

ގެއްލުނު ދެކުދިން ހޯދުމަށް ބަލަމުންދާ ސަރަހައްދު-- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ ހިތަދޫން މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އޮންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ގެެއްލުނު ކުދިން ހޯދުމަށް މިހާރު އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ސީޖީ ޑައިވަރުންނާއި އަދި އާންމު ޑައިވަރުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް 370 މީޓަރުގެ ސަރަހައްދަކުން 40 މީޓަރު އަޑިއަށް ފީނާހަދައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެއްލުނު ކުދިން ހޯދުން ހުއްޓާނުލާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމާށެވެ.

އަލީ ފަހުމީ އަދި އެ ރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައި ވަނީ އިތުރު ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތެއްގަ އެވެ.

އެ ހާދިސާގައި ފަހުމީ އަދި މަޔާމިންއާ އެކު މޫދަށް އެރުނު ހިތަދޫ، ބުލޫގެ ރާއިފް އަލީ ވަނީ ސަލާމަތްވެފައެވެ.

ހޯދަމުންދާ ކުއްޖެއްގެ ސޯޓެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ އިރު، ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ވަނީ ފެނިފަ އެވެ.

ނަމަވެސް އެއީ އެ އިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި 17 އަހަރުގެ އަލީ ރާއިފު ބުނެ އެވެ.

comment ކޮމެންޓް