ޔޫތު ސިޓީ ފުޓްސަލް ކަޕް ޕްރިވިއު

ޖުމްލަ 108 ޓީމާއެކު މިދިޔަ އަހަރު ބޭއްވި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ އެޗްޑީސީ ކަޕް ނުވަތަ ޔޫތު ސިޓީ ފުޓްސަލް ކަޕެވެ.

މިއަހަރުގެ މުބާރާތްވެސް އިއުލާން ކުރުމާއެކު އެތައް ޓީމުތަކަކުން ބައިވެރިވެފައިވާ އިރު، މުބާރާތުގެ އެންމެ ބޮޑު ތަފާތަކީވެސް ވަކި އަދަދެއް ނެތި ޓީމުތައް ބައިވެރުކުރެވުމެވެ.

ޖުމަލަ 136 ޓީމާއެކު "ޔޫތު ސިޓީ ފުޓްސަލް ކަޕް 2018" މިރޭ ފެށޭނެއެވެ.

މުބާރާތް ކުރިއަށްދާނެ ގޮތް:

ނޮކްއައުޓް އުސޫލުން މުބާރާތުގެ ފިރިހެން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މިދިޔަ އަހަރުގެ ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ބައިވެރިވެފައިވަނީ 108 ޓީމެވެ. މިއަހަރު ފިރިހެން 120 ޓީމު ބައިވެރިވެފައިވާ އިރު، އަންހެން 16 ޓީމު ބައިވެރިވެފައިވެއެވެ.

ފުރަތަމަ ބުރުގައި 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތަކުން މޮޅުވާ 30 ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. އެ 30 ޓީމުގެ ތެރެއިން 15 ޓީމަށް ގަދަ 16 އިން ޖާގަ ލިބޭ އިރު، އަނެއް ޖާގަ ލިބޭނީ އެ މެޗުތަކުން ބަލިވާ 15 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ. އެ ޓީމު ހޮވުމުގައި ގެންގުޅޭ އުސޫލުތަކުގެ ތެރޭގައި ޖެހި ގޯލާއި، ވަން ގޯލުގެ އަދަދަށް ބަލާނެއެވެ. އޭގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓުން ބަލިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމަށް އެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ފިރިހެން ބައިގެ ގަދަ 16ގެ މެޗުތައް ކާމިޔާބުކުރާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާ އިރު، ކުއާޓާގެ މެޗުތައް ކާމިޔާބުކުރާ ޓީމުތައް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ފައިނަލުގައި ވާދަކުރާނީ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމެވެ.

އެ މުބާރާތުގެ އަންހެން ބައި ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމެއްގައި ހަތަރު ޓީމު ހިމެނޭ އިރު، ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ދެ ޓީމު ދަތުރުކުރާނީ ކުއާޓާއަށެވެ. ކުއާޓާގެ މެޗުތަކުން މޮޅުވާ ޓީމުތައް ސެމީގައި ވާދަކުރާ އިރު، ފައިނަލުގައި ވާދަކުރާނީ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމެވެ.

މިދިޔަ އަހަރު ބޭއްވި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ފައިނަލް މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައިސާގެ އިނާމްތައް:

މިދިޔަ އަހަރުގެ މުބާރާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކަށް ދިން ފައިސާގެ އިނާމުތަކަށް ވުރެ، މިއަހަރުގެ ފައިސާގެ އިނާމުތައް ބޮޑެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 80,000 ރުފިޔާ، ރަނަރަޕް ޓީމަށް 40,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް ދީފައިވަނީ 20,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ ދީފައިވަނީ 140,000 ރުފިޔާއެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ބައިގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.

"ޔޫތު ސިޓީ ފުޓްސަލް ކަޕް"ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ފަޔާޒް މޫސާ

މުބާރާތުގެ ޝެޑިއުލް:

މުބާރާތް ފެށުމަށް ކުރިން އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ނަމަވެސް، މޫސުން ގޯސް ވުމުގެ ސަބަބުން މުބާރާތް ފެށުން މިރެއަށް ވަނީ ލަސްކޮށްފައެވެ.

މުބާރާތް މިރޭ ފަށާ އިރު، މިރޭ ކުރިއަށްދާނީ އަންހެން އަދި ފިރިހެން މެޗެކެވެ.

މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅެވޭނީ އަންހެން މެޗެކެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ދިވެހި ސިފައިންގެ ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބު ވާދަކުރާ މެޗުންނެވެ. މެޗު ފަށާނީ 9:00 ގައެވެ.

ފިރިހެން ބައި ފެށުމުގެ ގޮތުން މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ދާ އެޅުން ޕްރޯ އާއި ޑެސްޕަރާޑޯ އެފްސީއެވެ. އެ މެޗު ފަށާނީ މިރޭ 10:00 ގައެވެ.

މުޅި މުބާރާތުގެ ޝެޑިއުލް:

އަންހެން ޝެޑިއުލް

ފިރިހެން ޝެޑިއުލް

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފެށުމުގެ ކުލަގަދަ ރަސްމިއްޔާތު މިރޭ 8:00ގައި ހުޅުމާލެ (ރެހެންދި ސްކޫލް ކައިރި) ފުޓްސަލް ދަނޑުގައި އޮންނާނެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ފަސްޓް ލޭޑީ މެޑަލް ފާތުމަތު އިބްރާހީމެވެ.

comment ކޮމެންޓް