މާލޭގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ކާނިވާ ސަރަހައްދުގައި އިމާރާތްކުރަމުންދާ ކިންގް ސަލްމާން މިސްކިތް: މި ސަރަހައްދުގައި ރޭ މެންދަމުގެ ވަގުތެއްގައި ވަނީ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައި-- ފޮޓޯ: މިނިސްޓަރު މުއިއްޒު

މާލޭގައި ރޭ މެންދަމުގެ ވަގުތެއްގައި ފުލުހަކަމަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގާފައި ވަނީ، ކާނިވާ ސަރަހައްދުގައި ހަދަމުންދާ މިސްކިތް ހިމެނޭ ސަރަހައްދުން ކަމަށެވެ.

"ފުލުސް މީހާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި ޒަޚަމްކޮށްލާފައި ވަނީ. އެގޮތުން އޭނާގެ ބުރަކަށްޓަށާއި ކަނދުރާއަށް ތޫނުއެއްޗަކުން ހަމަލާދީފައިވޭ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އަނިޔާ ލިބުނު ފުލުސްމީހާއަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ރޭ ދަންވަރު ފުލުސްމީހާއަށް ހަމަލާދިން މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން ދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް