ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށް ބެލެވޭ އަންހެން މީހާ----

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ބެލެވޭ ނާބީ ތަޖީމާ އުމުރުން 117 މަރުވެއްޖެއެވެ.

ޖަޕާނަށް އުފަން އެ އަންހެން މީހާ މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތަޖީމާއަށް ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ހޯދަމުންދާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ތަޖީމާ ދުނިޔެއަށް އުފަންވީ 1900 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭނާއަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރިކޯޑް ލިބިފައިވަނީ މީގެ ހަތް މަސް ކުރިން ވައިލެޓް ބްރައުން މަރުވުމާ ގުޅިގެންނެވެ. ބްރައުން މަރުވެފައިވަނީ އޭނާގެ އުމުރުން ވެސް 117 އަހަރުގައެވެ.

comment ކޮމެންޓް