އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅައިފި

އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި އެމްއެންޑީއެފަށް އަލަށް ލިބިފައިވާ ބިމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

އެމްއެންޑީއެފް މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ މިއި އެއާޕޯޓަށް އަންނަ ބަދަލުގެ ޕްލޭންގެ ތެރެއިން، ސިފައިންގެ ހެޑްކުއާޓާށް އާ ރަންވޭ ސަރަހަައްދަށް ބަދަލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ސަރަހައްދަށް "އެކްސެސް" ވުމުގައި ފަސޭހަވެގެން ދާނެ ކަމަށް ވެސް އެމްއެެންޑީއެފްއިން ބުންޏެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމު ވިދާޅުވީ ގައުމަށް ދިމާވަ ކަންތައްތަަކުގައި ސިފައިންނާ ހިސާބަށް އެކަންކަން އައިސްފި ނަމަ އެ ކަންކަމުގައި އަތްއުރާލައިގެން ނުތިބެވޭނެ ކަމަށެވެ.

"ގުދުރަތީ ކާރިސާއަކުން ނަމަވެސް ބޭރާއި އެތެރެއިން ކުރިމަތިވާ އުދުވާނެއް ނަމަވެސް ރާއްޖެއަށް ކުރިމަތވެއްޖެ ނަމަ ދިވެހި ސިފައިން އެކަމަކަށް ކުރިމަތިލާނެ." ޝިއާމް ވިދާޅުވި އެވެ.

comment ކޮމެންޓް