މިލިންދް ކައިވެނިކޮށްފި

މިލިންދް އާއި އޭނާގެ ލޯބިވެރިޔާ އަންކިތާ ކޮންވަރު---

ބޮލީވުޑްގެ ބަތަލު އަދި ޕްރޮޑިއުސަރު މިލިންދް ސޯމަން ކައިވެނިކޮށްފި އެވެ.

މިލިންދް ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ އަންކިތާ ކޮންވަރު އާ އެވެ. މިލިންދް އޭނާގެ ލޯބިވެރިޔާ އާއި ކައިވެނީގެ ހަފްލާގައި އާއިލާގެ އިތުރުން ގާތް މީހުން ވަނީ ބައިވެރިވެފަ އެވެ.

ބަތަލެއް، ޕްރޮޑިއުސަރެއްގެ އިތުރުން މިލިންދް އަކީ އިންޑިއާގެ މަޝްހޫރު މޮޑެލެއް ވެސް މެ އެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި އެ ދެމީހުން ކައިވެނިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހުގައި ކަމަށެވެ.

އުމުރުން 52 އަހަރުގެ މިލިންދް ކައިވެނި ކުރީ 27 އަހަރުގެ އަންކިތާ އާ އެވެ.

comment ކޮމެންޓް