މީރާ ބަލިވެ އިންކަން ޔަގީން ކޮށްދީފި

ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ އަދި އެދެމީހުންގެ ދަރިފުޅު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން، މީރާ ރާޖްޕުތަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އެ ދެމަފިރިން ޔަގީންކޮށްދީފި އެވެ.

މީރާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަމަށް މީޑިއާ ރިޕޯޓުތައް ބުނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ދެމަފިރިން އެކަން ޔަގީންކޮށްދިނީ އިންސްޓަގްރާމް ކުރި ފޮޓޯ އަކާ އެކު އިއްޔެ އެވެ.

ޝާހިދު އިންސްޓަގްރާމް ކުރި ފޮޓޯ ގައި ފެންނަނީ ޗޯކުން ކުރަހައިފައިވާ ފުއްޕާ ހަންތަކެއްގެ މަތީގައި "ބިގް ސިސްޓާ" ޖަހައިފައިވާ އިރު، ދެމީހުންގެ ފުރަތަމަ ދަރިފުޅު މިޝާ ކަޕޫރު އޮށޯވެލައިގެން އޮންނަ ތަނެވެ.

ފޮޓޯގައި މިޝާ ވަރަށް އުފަލުން އޮތް އިރު، މީރާ ވެސް ވަނީ ފަހުން އެ ފޮޓޯ ޝެއާ ކޮށްފަ އެވެ. ޝާހިދު އާއި މީރާ ކައިވެނި ކުރީ 2015 ވަނަ އަހަރު އެވެ. ދެމީހުންނަށް މިޝާ ލިބިފައި ވަނީ 2016 ވަނަ އަހަރުގެ އޯގަސްޓު 26 ގައެވެ.

ފުރަތަމަ ދަރިފުޅަށް ފަހު މީރާ ވަނީ ކައިރި މުސްތަގުބަލެއްގައި ދެވަނަ ކުއްޖަކު ހޯދަން ބޭނުންވާކަަމަށް ބުނެފަ އެވެ. މީރާ ބުނީ އޭނާ މަސައްކަތް ކުރަން ފަށާނީ ދެވަނަ ކުއްޖަކު ހޯދުމަށް ފަހު ކަމަށެވެ.

comment ކޮމެންޓް