މެކްބުކް ޕްރޯގެ ބެޓެރީވެސް ބަދަލުކޮށްދެނީ

މައްސަލަ ދިމާވާކަމަށް ރިޕޯޓުކޮށްފައިވާ 13 އިންޗީގެ މެކްބުކް ޕްރޯގެ ބެޓެރީ ބަދަލުކޮށްދޭނެ ކަމަށް އެޕަލްއިން ބުނެފިއެވެ.

އެޕަލްއިން ބުނީ 13 އިންޗީގެ މެކްބުކް ޕްރޯގެ މައްސަލައެއް އުޅޭ ކަމަށް ރިޕޯޓުކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނީ ބެޓެރީ މައްސަލަ ކުރިމަތިވެގެން އުޅެނީ 2016 އޮކްޓޯބަރުން 2017 އޮކްޓޯބަރާ ދެމެދު އުފައްދާފައިވާ ލެޕްޓޮޕްތަކަށް ކަމަށެވެ. މައްސަލަ ދިމާވެގެން ރިޕޯޓުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

އެޕަލްއިން ބުނީ މިއީ ސެކިއުރިޓީ އިޝޫއެއް ނޫން ކަމަށެވެ.

އައިފޯނު ހަޔަކުން ފެށިގެންް މަތީ ފޯނުތަކުގެ ބެޓެރީގެ މައްސަލަ ވެސް މިދިޔަ އަހަރު ތެރޭ ވަނީ ފެންމަތިވެފައެވެ. އެޕަލްއިން އޭރު ވަނީ ފޯނުތަކުގެ ޕާފޯމަންސް އެ ކުންފުނިން ދަށް ކުރާ ކަމަށް އެއްބަސްވެ ފޯނުގެ ބެޓެރީ ބަދަލުކޮށްދޭ އަގުވެސް ކުޑަކޮށްފައެވެ.

comment ކޮމެންޓް