ގަދަ ފަހެއްގެ ޖާގައެއް ނުލިބި ޝަހުދާނަށް އައިޑަލްގެ ދަތުރު ނިންމާލަން ޖެހިއްޖެ

ޝަހުދާން --- ފޮޓޯ: މޯލްޑިވިއަން އައިޑަލް/ޓްވިޓާ

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ގަދަ ފަހެއް ރޭ ވަނީ ކަށަވަރުވެފައެވެ.

ގަދަ ފަހެއްގެ ޖާގައެއް ނުލިބި ޝޯ އާ އަލްވަދާއު ކިޔަން ޖެހުނީ އައްޑޫ ސިޓީ އޮޑިޝަނުން މުބާރާތުގައި ބައިވެރިވި ހަސަން ޝަހުދާން އަށެވެ. އޭނާއަށް ވަނީ ޕިއާނޯ ރައުންޑުގެ ސޯލޯ ޕާފޯމަންސްގައި ގޯލްޑަން މައިކް ވެސް ލިބިފައެވެ.

ރޭގެ ޝޯ ހާއްސަ ކޮށްފައިވަނީ "ޓްރިބިއުޓް" މި ތީމް އަށެވެ. ރާއްޖޭގެ ބައެއް ލަވަ ކިޔުންތެރިންނާއެކު ގަދަ ހައެއްގެ ބައިވެރިން ރޭ ހުށަހަޅާދީފައިވަނީ ކުރީގެ ދިވެހި ލެޖެންޑުންގެ ލަވަތަކެވެ.

ރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެލެއްވީ އެމްއެންޑީއެފްގެ ބޭފުޅެއް ކަމަށްވާ އަކްރަމް އެވެ. ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން އެމްއެންޑީ އެފް ބޭންޑުގެ ހާއްސަ ޕާފޯމަންސް ތަކެއްވެސް ރޭ ފެނިގެން ދިޔައެވެ.

އަންނަ ހަފްތާގެ ހުކުރު ދުވަހު ބައިވެރިން ކިޔާނީ ފޭނުންގެ ފަރާތުން ބައިވެރިން ކިޔަން ހުށަހެޅި ލަވަތަކެވެ. "ފޭންސް ޗޮއިސް" އަށް ފަހު ހޮނިހިރު ދުވަހުގެރޭ ދެ ބައިވެރިއަކު ޝޯ އާ އަލްވަދާއު ކިޔައި ޓޮޕް ތިނެއް ކަށަވަރު ވާނެއެވެ.

comment ކޮމެންޓް