ބީއެމްއެލް ވައު ކިޑްސް ރަން މި އަހަރު ޗެރިޓީ ރަން އަކަށް

" ބީއެމްއެލް ވާއު ކިޑްސް ރަން 2018" ލޯންޗު ކުރުން -- ފޮޓޯ/ބީއެމްއެލް

މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ އެކު "ބީއެމްއެލް ވާއު ކިޑްސް ރަން 2018" ލޯންޗު ކޮށްފިއެވެ.

މިއަދު ބީއެމްއެލްގައި ކިޑްސްރަން ލޯނުޗުކޮށް އެ ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ކިޑްސް ރަން ބާއްވަން ހަމަޖެހިފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ރަންގައި ތިން އަހަރާއި ނުވަ އަހަރާ ދެމެދުގެ ތިން އުމުރުފުރައެއްގެ ކުދިންނަށް ބަހާލައިގެން ޖުމްލަ 900 ކުދިންނަށް ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނިގޮތުގައި، މި އަހަރުގެ ދުވުމުގެ އެންމެ ހާއްސަކަމަކީ ދުވުމުގައި ރަޖިސްޓްރީކުރާ ކުދިންގެ ތެރެއިން ފަންޑްރައިޒް ކުރަން ބޭނުންވާ ކުދިންނަށް އަމާޒުކޮށް ބީއެމްއެލް އިން ތައްޔާރުކޮށްފައިވާ ހާއްސަ ޕްރޮގްރާމެވެ. އެގޮތުން ފަންޑް ރެއިޒިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ވެބްޕޯޓަލް އެއް ބީއެމްއެލް އިން ގާއިމްކޮށްފައިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޓީއެފްޖީ މެދުވެރިކޮށް ބީއެމްއެލް ވައު ކިޑްޒް ރަންގައި ރަޖިސްޓަރ ކޮށްފައިވާ ކުއްޖާއާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ޕޭޖް މެދުވެރިކޮށް ބީއެމްއެލްއަށް ފޮނުވާލުމުން ބޭންކުން ޕްރޮފައިލް އެކްޓިވޭޓް ކުރުމަށްފަހު އެކަން އެސްއެމްއެސް މެދުވެރިކޮށް ކުއްޖާގެ ބެލެނިވެރިޔާއަށް އަންގައިދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ޕްރޮފައިލް ބޭނުންކޮށް ފަންޑްރައިޒިން ޕޭޖެއް ހެދޭނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ، އެ ޕޭޖް ބޭނުންކޮށްގެން ކޮންމެ ކުއްޖަކަށްވެސް ފަންޑްރައިޒް ކުރެވޭނެ އެންމެ މަތީ އަދަދަކީ ދެހާސް ރުފިޔާ ކަމަށެވެ.

ވައުކިޑްސް ރަންއަކީ، ބީއެމްއެލް އާއި ޓީއެފްޖީ އެކު ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މިއީ ޖައްސަޖައްސައިގެން މިދުވުން ބާއްވާ ތިން ވަނަ އަހަރެވެ.

comment ކޮމެންޓް