މޯލްޑިވިއަން އައިޑަލް: ރޭގެ ރޮކް ލަވަތައް ހަމަ ސަޅި

މޯލްޑިވިއަން އައިޑަލްގެ ގަދަ ހައެއް

މޯލްޑިވިއަން އައިޑަލް ގައި ރޭ ފެނިގެން ދިޔައީ ގަދަ ހައެއްގެ ހުށަހެޅުންތަކެވެ.

ރޮކް ޖޯންރާ އަށް ބައިވެރިން ރޭ ލަވަ ހުށަހަޅައި ދިން އިރު ފާހަގަވީ އެހެން ރޭރެއަށް ވުރެ ބައިވެރިންގެ ލަވަތައް ރަނގަޅުކަމެވެ. އެކަން ޖަޖުންނާއި ޓްވިޓާގައި އައިޑަލްގެ ފޯރި ގަދަކުރާ މީހުން ވެސް ފާހަގަ ކުރި އެވެ.

މިރެއަކީ އަނެއްކާ ވެސް އެލެމިނޭޝަން ނައިޓެވެ. ކޮންމެވެސް އެއް ބައިވެރިއަކު ޝޯ އިން ކަޓައި ގަދަ ފަހެއް ޔަގީންވާނެ އެވެ.

މިހާރު އައިޑަލްގެ ދަތުރުގައި ތިބި ބައިވެރިންނަކީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ހަސަން ޝަހުދާން، ސައިނާ މުހައްމަދު، ތަސްލީމް އަބްދުލްކަރީމް އަދި ނައުޝާދު އަބްލުއްލަތީފެވެ.

އަންނަ ހަފްތާގެ ޝޯގައި ބައިވެރިން ކިޔާނެ ލަވައެއް ކަނޑައެޅުމުގެ ފުރުސަތު ބެލުންތެރިންނަށް ވަނީ ހުޅުވާލައިފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް "ފޭންސް ޗޮއިސް" ހުށަހެޅުން މިރޭގެ ބާރަ އާ ހަމައަށް އޮންނާނެ އެވެ.

comment ކޮމެންޓް