ފިނި ފެނުން މޫނު ދޮންނަންވީ މިހެންވެ

ފިނި ފެނުން މޫނު ދޮންނަން ލަފާދީފައި ހުންނަ ބިއުޓީ ޓިޕްސްއާއި ހޫނު ފެނުން މޫނު ދޮންނަން ލަފާދީފައި ހުންނަ ޓިޕްސް ވެސް ފެނެއެވެ. މީގެ ތެރެއިން އެންމެ ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ؟

ހަގީގަތަކީ ފިނިފެނުން މޫނު ދޮވުނު ނަމަވެސް ހޫނު ފެނުން މޫނު ދޮވުނު ނަމަވެސް އޭގައި ފައިދާތަކެއް އެކުލެވޭ ކަމެވެ.

މިފަހަރު ބަލާލާނީ ފިނި ފެނުން (އައިސް ފެނުން) މޫނު ދޮވުމުން މިބޭ ފައިދާތަކަށެވެ.

ފިނި ފެނުން މޫނު ދޮވުމުގެ ކުރިން މޫނު ސާފުކުރަން ވާނެއެވެ. މޫނުގައި ނުސާފުކަމެއް ހުރެ ފިނި ފެނުން މޫނު ދޮވުމުން އެ ނުސާފުކަން މޫނުގައި ހަރުލާފައި ހުންނާނީއެވެ.

ފިނި ފެނުން މޫނު ދޮވުމުން މޫނުގައި ހުންނަ ތެޔޮކަން ކެނޑޭނެއެވެ. މިއީ މޫނަށް އުޖާލާކަން ގެނެސްދޭނެ ކަމެއްވެސް މެއެވެ.

މީގެ އިތުރުން މޫނުގެ ޓިޝޫތައް ބާރުކޮށްދީ، މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ. މޫނަށް ވާންވެފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް، މޫނަށް އަރާމުވެ، ފަސޭހަވާނެއެވެ. މިއީ ނެޗުރަލް "ފޭސް ލިފްޓް"އެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މޫނުގައި އައިސް ކިއުބް އުނގުޅުމަކީ ނެޗުރަލް ބްލަޝްއެއް ގެނެސްދޭނެ ކަމެކެވެ.

ނަމަވެސް ހަނދާން ކުރަންވީކަމަކީ މާ ފިނިގަދަ މޫސުމެއް ނަމަ މޫނުގައި މޮއިސްޗަރައިޒާއެއް އުނގުޅަން ވާނެކަމެވެ. ނޫންނަމަ ހަންގަނޑު ހިކި، ހަން ފޮޅޭގޮތް ވާނެއެވެ.

comment ކޮމެންޓް