"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް"ގެ ނަމުގައި ފޮޓޯ މައުރަޒެއްް ހުޅުވައިފި

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް"ގެ ނަމުގައި މިއަދު ހުޅުވި ފޮޓޯ މައުރަޒުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

ޗައިނާ އިން ރާއްޖޭގެ ތަރައްގީގެ އެކިއެކި ޕްރޮޖެކްޓަތަކާ ބެހޭ މައުލޫމާތު ހިމެނޭ ފޮޓޯ މައުރަޒެއް ގައުމީ ޔުނިވާސިޓީގައި މިއަދު ހުޅުވައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ފޮޓޯ މައުރަޒު ހުޅުވައި ދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒް ހޮންގް އެވެ.

މިއަދު ހުޅުވި ފޮޓޯ މައުރަޒުގައި، ޗައިނާ އިން ކުރިއަށް ގެންދާ މެރިޓައިމް ސިލްކު ރޯޑުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓުތަކުގެ ފޮޓޯތައް ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރު އަޅަމުންދާ ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖާއި ވެލާނާ އެއާޕޯޓުގެ ރަންވޭ ޕްރޮޖެކްޓާއި ހިޔާ މަޝްރޫ އާއި އަދި ސްޓެލްކޯގެ ފިފުތު ޕަވާ ޕްލާންޓް ޕްރޮޖެކްޓާ ބެހޭ ފޮޓޯތައް ހިމެނެ އެެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް"ގެ ނަމުގައި މިއަދު ހުޅުވި ފޮޓޯ މައުރަޒުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

މިއީ އެއް ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދާ ފޮޓޯ މައުރަޒެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ލަތީފު ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ހިންގަމުންދާ ޕްރޮޖެކްޓުތަކާއި ރާއްޖޭގެ އެހެން ބައިވެރިން، ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްރަކާ އަޅާ ނުކިޔޭނެ ކަމަށެވެ.

"ރާއްޖޭގައި ޗައިނާ އިން ހަމައެކަނި އިމާރާތްތަކެއް އެޅީކީނޫން. އެ ޕްރޮޖެކްޓުތަކުން ރާއްޖޭގެ ގިނަބައެއް ހިތްތަކުން ވެސް މިހާރު ވަނީ ޖާގަ ހޯދައިފައި." ޑރ. ލަތީފް ވިދާޅުވި އެވެ.

comment ކޮމެންޓް