އީރާނުންވެސް ޓެލެގްރާމް ބްލޮކް ކުރާނެ ކަމުގެ އިޝާރާތެއް ދީފި

ޓެލެގްރާމް އެޕްލިކޭޝަން --

އީރާނުގައިވެސް ޓެލެގްރާމް ބްލޮކު ކުރުމަށް ފިޔަވަޅުތަކެއް އަޅަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިމިވަނީ މެސެޖް ސްކްރެމްބްލް ކުރާ އެންކްރިޕްޝަން ކީސް ހޭންޑް އޯވާކުރަން ޓެލެގްރާމުން ދެކޮޅު ހެދުމާ ގުޅިގެން ރަޝިއާ އިން ޓެލެގްރާމު ބްލޮކު ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

ޖެނުއަރީ މަހު އީރާނުން ވަނީ ޓެލެގްރާމް އާއި އިންސްޓަގްރާމު ވަގުތީ ގޮތުން ބޭން ކޮށްފައެވެ.

އީރާނުގައި 50 މިލިއަން މީހުން އިންޓަނެޓް ބޭނުން ކުރާއިރު 40 މިލިއަން މީހުންނަކީ ޓެލެގްރާމު ބޭނުންކުރާ މީހުންނެވެ.

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޚާމަނާއީ އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ އެއްވެސް ވުޒާރާއަކުން ދެން ޓެލެގްރާމު ބޭނުން ނުކުރާނެ ކަމަށެވެ. މި މެސެޖް ޚާމަނާއީ އާންމުކުރެއްވީ އެބޭފުޅާގެ ޓެލެގްރާމް ޗެނަލްގައެވެ.

މި ނިންމުން ނިންމާފައިމިވަނީ އީރާނުގެ އަމިއްލަ މީސް މީޑިއާ އެޕްލިކޭޝަންތަކަށް ފުރުސަތު ދިނުމަށް ކަމަށް ހަބަރުތައް ބުނެއެވެ. އީރާނުގެ ސްކޫލުތަކުގައި ބޭރުގެ މީސް މީޑިއާ އެޕްތައް ބޭނުން ކުރުންވެސް މި ހަފްތާ ވަނީ މަނާކޮށްފައެވެ.

ރަޝިއާ ގައި ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށް އެގައުމުގެ ކަމާ ބެހޭ ވުޒާރާއިން ވަނީ ގޫގުލް އާއި އެމެޒޯންގެ އައިޕީ އެޑްރެސްތައް ބްލޮކް ކޮށްފައެވެ.

comment ކޮމެންޓް