އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ސުޕާމާޓް ހޯލްސޭލް ސެންޓަރުން ޕްރޮމޯޝަނެއް ފެށުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ސުޕާމާޓް ހޯލްސޭލް ސެންޓަރުން "ހޯލްސޭލް ޕްރޮމޯ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

އެ ޕްރޮމޯޝަން ޙާއްސަކޮށްފައި ވަނީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑަކަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އޭގެތެރޭގައި ޔޫރަޕް 'އޭޝިޔާ' މެދުއިރުމަތީ އަދި އެފްރިކާ ބައްރުގެ ބްރޭންޑްތަކުގެ އުފެއްދުންތައް ކަމަށްވާ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ކޯން ފްލެކުސް، ސްޕެގެޓީ، ރައިބީނާ، ޑްރިންކިން ޔޯގަޓް، ސައިފަތް އަދި އަނބު ދަޅު ހިމެނޭކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ، އެ ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ސުޕާމާޓް ހޯލްސޭލް ސެންޓަރުން 1500 ރުފިޔާ އިން މަތިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަށް ވެސް ކޫޕަނެއް ލިބި ގުރުއަތުގައި ބައިވެރިވޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމްތައް:

އެއްވަނަ އިނާމް: ހިޓާޗީ 18,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ސެންފޯޑު ޗިލާ އެއް

ދެވަނަ އިނާމް: ހިޓާޗީ 12,000 ބީޓީޔޫ އޭސީ، ފިލިޕްސް 55 އިންޗި ޓީވީ އަދި ވާވޭ ފޯނެއް

ތިންވަނަ އިނާމް: ހިޓާޗީ 9,000 ބީޓީޔޫ އޭސީ، ފިލިޕްސް 49 އިންޗި ޓީވީ، ސެންފޯޑު މައިކްރޯވޭވްއެއް

އޭގެ އިތުރުން ވެސް ނަސީބުވެރި 10 ފަރާތަކަށް އިނާމެއްގެ ގޮތުގައި އެސްޓީއޯ ސުޕާމާޓް އިން ރާއްޖެ އެތެރެކުރާ ބްރޭންޑްތަކުގެ ތެރެއިން ކޭސް އެ ޕޮރޮމޯޝަންގައި ލިބިގެންދާނެކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް