އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނުކޮށްފި

އޮކްޓޯބަރ 1، 2017: ދަރުބާރުގޭގައި ބޭއްވުނު އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނޭ ފަރާތްތައް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

އުރީދޫން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، "އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 26 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ބައިވެރިވެވަޑައިގެންނެވޭނެ" ކަމަށެވެ.

އޮކްޓޯބަރ 1، 2017: ދަރުބާރުގޭގައި ބޭއްވުނު އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގެ ރޫލްސްގެ ސެކްޝަން 3.2 އާ ގުޅިގެން އާންމުކުރި ބަޔާނުގައި އުރީދޫން ބުނީ، 26 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް އަހަރީ އާންމު ޖަލަސާއަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނޭ ކަމަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާގެ އެޖެންޑާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހިއްސާދާރުންނަށް ފޮނުވާނޭ ކަމަށް އުރީދޫން ބުނެއެވެ.

"2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 އެޕްރީލް 2018 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ،" އުރީދޫން ބުންޏެވެ.

"ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ."

comment ކޮމެންޓް