އިސްތަށިފޭބުން ހުއްޓުވުމަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ހެއާ މާސްކް

ގިނަ ބަޔަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަދި އެކަމަށް ދާއިމީ ފަރުވާ އެއް ހޯދަން ބޭނުންވެ ކާމިޔާބު ނުވެފައިވާ އެއްކަމަކީ ބޮލުން އިސްތަށި ފޭބުމެވެ. އެތައް ޝޭމްޕޫ އެއްގެ އަޖުމަ ބަލައިގެން ވެސް އިސްތަށި ފޭބުން ހުއްޓުމަކަށް ނައުމަކީ ގިނަ ބަޔަކު މިހާރު އެންމެ ފިކުރު ބޮޑުވާ އެއް މައްސަލަ އެވެ.

އިސްތަށި ފޭބުން ހުއްޓުވުމަށް ގޭގައި ތައްޔާރުކޮށްގެން ބޮލުގައި ހެއާ މާސްކް އަޅައިލެވިދާނެ އެވެ.

އެގް ޔޯކް އެންޑް ގްރީން ޓީ މާސްކް:

ބޭނުންވާނީ: އެއްބިހުގެ ގޮބޮޅި، 2 މޭޒުމަތީ ސަމްސާ ގްރީން ޓީ

މި މާސްކް ތައްޔާރު ކުރުމަށް: ބިހުގެ ގޮބޮޅި އާއި ގްރީންޓީ ފޮދު އެއްކޮށް ގިރާލާށެވެ. ބޮލުގެ ހަންގަނޑިގައި އިސްތަށިތަކުގެ ބުޑާ އެއްކޮށް ރީތިކޮށް އުނގުޅާލާށެވެ. ޝަވާ ކެޕެއް އަޅައި، މައިލްޑް ސްޓީމް ކޮށްލާށެވެ. ތިރީސް މިނެޓް ފަހުން ފިނިފެނުން ދޮވެލާނީ އެވެ. ހަފްތާ އަކު ތިން ފަހަރު މި މާސްކް ބޭނުން ކުރާށެވެ.

އެކް ޔޯކް އެންޑް އޮނިއަން ހެއާ މާސްކް:

ބޭނުންވާނީ: އެއް ބިހުގެ ގޮބޮޅި، އޮލިވް އޮއިލް، އެއް މޭޒުމަތީ ސަމްސާ މާމުއި، ދެ ފިޔާ ގެ ޖޫސް

ތައްޔާރު ކުރުމަށް: ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު، އިސްތަށިތަކުގެ ބުޑުގައި އުނގުޅާ 15 މިނެޓް ބަހައްޓާށެވެ. ބާކީ ހުރި ބައި އިސްތަށިގަނޑުގެ ބާކީ އޮތް ބައިގައި އުނގުޅާށެވެ. ތިރީސް މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

ހަނީ، އެލޯ ޖޫސް އެންޑް ގާލިކް މާސްކް:

ބޭނުންވާނީ: 1 މޭޒުމަތީ ސަމްސާ ލޮނުމެދު ޖޫސް، 1 މޭޒުމަތީ ސަމްސާ މާމުއި، 2 މޭޒުމަތީ ސަމްސާ އެލޯ ޖޫަސް، 1 ބިހުގެ ގޮބޮޅި

ތައްޔާރު ކުރުމަށް: ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ބޮލުގެ އިސްތަށީގެ ބުޑުގުން ފެށިގެން ކޮޅަށް ރަނގަޅަށް އުނގުޅާލާށެވެ. ވިހި މިނެޓް ބަހައްޓައި ދޮވެލާށެވެ. ޝޭމްޕޫ އަދި ކޮންޑިޝަނާ ކޮށްލަން ވާނެ އެވެ.

comment ކޮމެންޓް