"ކަލަންކް"ގެ ތަރިން އިއުލާންކޮށްފި

ފިލްމު ކަލަންކް ވަނީ މިއަދު އިއުލާންކޮށްފައި---

މީގެ ފަނަރަވަރަކަށް އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމު "ކަލަންކް"ގެ މަސައްކަތް ފަށައިފި އެވެ.

ޓްރޭޑް އެނަލިސްޓް ތަރަޝް އާދަޝް މިއަދު ކުރި ޓްވީޓްގައި ފިލްމު އިއުލާންކޮށްފައިވާ އިރު އެ ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަޑިއަވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ތަރިންނަނީ ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެ އެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރާ އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،" ތަރަޝްގެ ޓްވީޓްގައި ބުނެފައިވެ އެވެ.

"ކަލަންކް" ރިލީޒްކުރާނީ އަންނަ އަހަރު އޭޕްރިލް މަހު 19ގައި އެވެ.

comment ކޮމެންޓް