ބިގް ބޮސް 12 ތަފާތުވާނެ!

ކުޅަދާނަ ބަތަލު ސަލްމާން ހާން--

ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 12" ތަފާތުވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.

ޝޯގައި ސެލެބްރިޓީންގެ އިތުރުން އާންމުންގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް މިފަހަރުގެ ޝޯ ކުރިއަށް ގެންދާއިރު އެ ޝޯގެ އޮޑިޝަނަށް ނަން ނޯޓު ކުރުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކަލާސް ޗެނަލް އިން ކުރި ޓުވީޓް އެއްގައި ބުނެފައި ވަނީ ބިގް ބޮސް 12 އަވަސް މުސްތަގްބަލެއްގައި އަންނާނެ ކަމަށާއި އަދި އެ ޝޯގައި ބައިވެރިވާ މީހަކާ އެކު އޭނާގެ ހާއްސަ އިތުރު މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބަދަލާ އެކު އެ ޝޯ އަށް ލިބެމުން އަންނަ ތަރުހީބު ދަނީ އިތުރުވަމުންނެވެ.

ކުޅަދާނަ ބަތަލާ ސަލްމާންހާން ހޯސްޓް ކޮށްދޭ އެ ޝޯގެ ކުރީ ސީޒަން ކާމިޔާބު ކޮށްފައިވަނީ ޝިލްޕާ ޝިންޑޭ އެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.

މައުލޫމާތު: ހިންދުސްތާންޓައިމްސް

comment ކޮމެންޓް