ޑިގްރީ ފެންވަރު ނެތުމުން ކޮންގޯގެ 256 ފަނޑިޔާރުން ވަޒީފާއިން ވަކިކޮށްފި

ޑީއާރު ކޮންގޯގެ ރައީސް ޖޯސެފް ކަބީލާ ވަނީ 256 ފަނޑިޔާރުން ވަޒީފާއިން ވަކިކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ކިންޝާސާ (އޭޕްރިލް 17): ޝަރުއީ ދާއިރާއިން ޑިގްރީއެއް ނެތުމުގެ ސަބަބުންނާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ 250 އަށް ވުރެ ގިނަ ފަނޑިޔާރުން ވަޒީފާއިން ވަކިކޮށްފި އެވެ.

ކޮންގޯގެ މީޑިއާތަކުގައިވާ ގޮތުން އެގައުމުގެ ރައީސް ޖޯސެފް ކަބީލާ ވަނީ 256 ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ވަޒީފާއިން ވަކިކޮށް އެހެން ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރައްވައިފައެވެ.

އެފަނޑިޔާރުން ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާއިން ޑިގްރީއެއް ނެތުމުގެ ސަބަބުންނާއި ރިޝްވަތު ނެންގެވުމުގެ ސަބަބުން ކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރު އެލްކްސިސް ތަމްބްވޭ މުވަމްބާ ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި އެގައުމުގައި މެޖިސްޓްރޭޓަކަށް ވުމަށް ބޭނުންވާ ޝަރުތުތައް އިތުރު ކުރާނެ ކަމަށްވެސް މުވަމްބާ ވިދާޅުވިއެވެ.

މީގެ ކުރިން 2009 ވަނަ އަހަރުވެސް ކަބީލާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން 96 ފަނޑިޔާރުން ވަޒީފާއިން ވަކި ކުރައްވައިފައެވެ. (އޭއެފްޕީ)

ގުޅޭ ޓެގު
comment ކޮމެންޓް