އެސްޓީއޯ ސުޕަމާޓުންވެސް ރަމަޒާން ބާޒާރު ފަށައިފި

އެސްޓީއޯ ސުޕަމާޓުގެ ރަމަޒާން ބާޒާރު ފަށައިފިއެވެ.

މިމަހުގެ 15 އިން ޖޫން 14 އަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ކުރާ 300 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކޮށްލެވޭ ވައުޗަރެއް ދޭއިރު، ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް، އެސްޓީއޯ ސުޕަރމާޓުންް ރާއްޖެއަށް އެތެރެކޮށް މާރކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބޭނެއެވެ.

މީގެއިތުރުން މިޕްރޮމޯޝަންގެ ތެރެއިންރޯދަ މަހުގެ ކޮންމެ ދުވަހަކު، ރޯދަމަހަށް ހާއްސަ ހަދިޔާ ތަކަކާއި އެކު، ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކުވެސް ބަދަލުވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ސުޕަމާޓުގެ ރޯދަ ޕްރޮމޯޝަނުގައި ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ހެޔޮ އަގެއްގައި ލިބޭނެއެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރ، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތަށި އަދި ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު އެސްޓީއޯ ސުޕަރމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބެން ހުންނާނެއެވެ.

comment ކޮމެންޓް