ހަ އަހަރަށްފަހު، ޖޯން ސީނާ އަދި ނިކީ ބެލާގެ ލޯބީގެ ގުޅުން ނިމުމަކަށް

ސީނާ އަދި ބެލާ އެކުގައި ---

ހަ އަހަރު އެކުގައި އުޅުމަށްފަހު، އެމެރިކާގެ މަޝްހޫރު ޕްރޮފެޝަނަލް ރެސްލާ ޖޯން ސީނާ އަދި އޭނާގެ ލޯބިވެރިޔާ ނިކީ ބެލާގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެއެވެ.

ކައިވެނިކުރަން ހަފްތާ ތަކަކަށް ވެފައި އޮއްވައި އެ ދެމީހުން ވަކިވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ނިއުޔޯކުގެ ސެލެބުރިޓީ އަދި އެންޓަޓައިންމަންޓް މެގަޒިންއެއް ކަމަށްވާ އަސް ވީކްލީއަށް އެކަން ކަށަވަރު ކޮށްދީ އެ ދެމީހުން ފޮނުވި ބަޔާނެއްގައި ބުނީ، އެ ނިންމުމަކީ އުދަނގޫ ނިންމުމެއް ނަމަވެސް ދެމީހުން ދެމީހުންނަށް ކުރާ ލޯތްބާއި އިހްތިރާމް އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ.

އަދި ދިރިއުޅުމުގެ އުދަނގޫ މިވަގުތުގައި އެމީހުންގެ ޕްރައިވެސީއަށް އިހްތިރާމުކުރުމަށް ވެސް އެދިފައިވެއެވެ.

އުމުރުން 34 އަހަރުގެ މަޝްހޫރު ޕްރޮފެޝަނަލް ރެސްލާ ބެލާއާ ޑަބްލިއުޑަބްލިއުއީ ރެސްލިން ޗެމްޕިއަން ސީނާ، 40 ލޯބީގެ ގޮތުން ގުޅުނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އެ ދެމީހުން އެކުގައި އާންމުންގެ ތެރެއަށްވެސް ނުކުމެ އުޅުނެވެ.

އަދި ރެސްލްމޭނިއާ 33 ގައި ސީނާ ވަނީ ގިނަ ބައެއްގެ ކުރިމަތީގައި ބެލާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅައިފައެވެ. އެކަމަށް ބެލާ އެއްބަސްވެސް ވިއެވެ. އަދި ކުލަގަދަ ހަފްލާއެއްގައި އެ ދެމީހުންގެ ކައިވެނި ހަފްލާ ބާއްވަން ތައްޔާރުވަމުން ދިޔައީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށެވެ.

ސީނާ އަދި ބެލާގެ ލޯބީގެ ނިމުން ނިމުމަކަށް އައިސްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައީ ކުދިން ހޯދުމާ ގުޅޭގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ސީނާ ވަނީ ލޯބީގެ ގުޅުންތަކަކީ އުދަނގޫ ކަމެއްކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް