އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސް އަށް ބޮޑު ކާމިޔާބީ އެއް

ދެހާސް އަށާރަ ވަނަ އަހަރުގެ ފުރަތަމަ ހަރަރު މަހު ނެޓްފްލިކްސް އަށްލިބޭނެ ކަމަށްލަފާކުރި ސަބްސްކްރައިބަރުންނަށް ވުރެ ގިނަ އަދަދެއްގެ މީހުން އަހަރުގެ ފާއިތުވި ދުވަސްތަކުގައި އެ ޕްލެޓްފޯމާ ގުޅިފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ނެޓްފްލިކްސް އާ ގުޅޭނެ ކަމަށް އެކުންފުނިން މީގެ ކުރިން ލަފާކޮށްފައި ވަނީ 6.35 މިލިއަން ސަބްސްކްރައިބަރުން ކަމަށެވެ. ނަމަވެސް އަހަރުގެ ފާއިތުވި ދުވަސްތަކުގައި 7.4 މިލިއަން މީހުން ނެޓްފްލިކްސް ސަބްސްކްރައިބް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަމައެކަނި އެމެރިކާ އިން ވެސް 1.96 މިލިއަން ސަބްސްކްރައިބަރުން ނެޓްފްލިކްސް އާ ގުޅިފައިވެ އެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަަދަދު އިތުރުވެފައިވާއިރު، އެކުންފުނިން ވަނީ ސަބްސްކްރިޕްޝަން ފީ ތައްވެސް ބޮޑުކޮށްފަ އެވެ. ނަމަވެސް އޭގެ އަސަރު ސޭލްސް އަށް ނުކުރާ ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން އެޗްޑީ ސްޓްރީމިންގެ އަގު 9.99 ޑޮލަރުން 10.99 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު އެ ބަދަލަކީ ގެނައުން އެންމެ ރަނގަޅު ބަދަލެއް ކަމަށް ސަބްސްކްރައިބަރުން ދެކެ އެވެ.

ނެޓްފްލިކްސް އަށް މިދިޔަ އަހަރު ދެ ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާ އިރު މިއަހަރު ތިން ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކުންފުނީގެ އެކްސްޕެންސަސް މި އަހަރު އަށް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް