ދާދާސާހެބް އެވޯޑް އަދިތީ ރާއޯއަށް!

ބަތަލާ އަދިތީ ރާއޯ

ބަތަލާ އަދިތީ ރާއޯ ހައިދްރީ ފިލްމީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާއަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ދޭން ނިންމައިފި އެވެ.

އަދިތީ އަށް އަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ދޭން ނިންމާފައި ވަނީ "ބޫމީ"ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ.

"ބެސްޓް ލީޑިން ލޭޑީ"ގެ އެވޯޑް އޭނާ އަށް ދޭން ނިންމާފައިވާ އިރު ބަތަލާ ތަމަންނާ، މަގްބޫލު އެކްޓަރު އަދި ޕްރޮޑިއުސަރު އަނުޝްކާ ޝަރްމާ އަދި ކުޅަދާނަ ބަތަލު ރަންވީރު ސިންހް އަށް ވެސް ދާދާސާހެބް އެވޯޑް ދިނުމަށް ވަނީ ނިންމައިފަ އެވެ.

"ބޫމީ"ގައި އަދިތީގެ ބައްޕަގެ ރޯލު ކުޅެފައި ވަނީ ސަންޖޭ ދަތު އެވެ.

އެވޯޑް ހަފްލާ މި މަހު 29 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް މިހާރު އެ ހަފްލާ ވަނީ އަވަސްކޮށްފައެވެ. އެވޯޑް ހަފްލާ މިހާރު އޮންނާނީ މިމަހު 21 ވަނަ ދުވަހުގަ އެވެ.

ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވާ އެ ހަފްލާގައި ކެންސަރު ބަލީގައި މިދިޔަ އަހަރު ދުނިޔެ ދޫކުރި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވިނޯދު ކަންނާ އަށް ވެސް އެ އެވޯޑް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް