Sun Online
އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު އަދި މެމްބަރު އަކްރަމް---ސަން ފޮޓޯ/މުހައްމަދު އަފްރާހް
އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު އަދި މެމްބަރު އަކްރަމް---ސަން ފޮޓޯ/މުހައްމަދު އަފްރާހް

ވޯޓު ފޮށި ބަހައްޓާނީ ވޯޓުލާ 200 މީހުން ހަމަވާ ގައުމުތަކުގައި: އިލެކްޝަންސް

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ގައުމުތަކުން 200 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ރެޖިސްޓްރީ ކޮށްފި ނަަމަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތައް ކަނޑައަޅާނީ ރެޖިސްޓްރީކުރަން ހުޅުވާލާ ފުރުސަތުގައި 200 އަށް ވުރެ ގިނަ މީހުން އެ ގައުމެއްގައި ވޯޓު ލާން ރެޖިސްޓްރީކޮށްފި ނަމަ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ގައުމެއް ނަމަވެސް 200 މީހުން ހަމަ ނުވާ ނަމަ މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭގެ އިތުރުން ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނީ ވޯޓުލާން މަދުވެގެން 100 މީހުން ރެޖިސްޓްރީ ކޮށްފި ނަމަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރާއްޖޭގައި 130 ރިސޯޓު އޮންނަ އިރު 100 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ 77 ރިސޯޓު އޭގެތެރޭގައި ހިމެނެ އެވެ. އަދި 50 ހަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ 108 ރިސޯޓު ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޔަގީންވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާ އިރު އަދި ކެންޑިޑޭޓެއް ދައްކާފައެއް ނުވެއެވެ.

infinity loading...
×
DB released 01.