Sun Online

މުނިފޫހިފިލުވުމުގެ ދާއިރާއާ އެކު ސައުދީގައި ވަޒީފާގެ ފުރުސަތުތައް

އައިޝަތު ފަރީޙާ
ލިޔުނީއައިޝަތު ފަރީޙާ

މުނިފޫހިފިލުވުމުގެ ދާއިރާ އަކީ ހަމައެކަނި މަޖަލާއި ހިތްހަމަޖެހުމެއް ނޫނެވެ. އެއީ ބޮޑު ވިޔަފާރިއެއް ވެސްމެ އެވެ. މިއީ ގިނަ ބަޔަކަށް އެކަމުން އާމްދަނީއެއްލިބޭ ދާއިރާއެއްވެސްމެ އެވެ.

ސައުދީ އަރަބިއާގައި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާ އިން ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަހާދް މުހައްމަދަކީ ސައުދީ އަރަބިއާގެ ޒުވާން ކަނބަލެކެވެ. ސްކޫލު ނިންމުމަށް ފަހު ޑިގްރީ އަށް ކިޔެވި އެވެ. ނަމަވެސް ކުރިއަށްދާނެ ފުރުސަތެއް ނުލިބި ގޭގައު މަޑުކޮށްގެން ހުރީ އެވެ. އެ ދުވަސްވަރު އޭނާގެ ކިބާގައި ހުރި ކުރެހުމުގެ ހުނަރު ދައްކައިލީ ސައުދީގެ ކަލްޗާ އެންޑް އާޓްސް އެސޯނިއޭޝަން އާ ގުޅިގެންނެވެ.

އަހާދް މަސައްކަތްކުރީ މޭކަޕް އާޓިސްޓެއްގެ ގޮތުގަ އެވެ. އޭނާ ބުނާ ގޮތުން އާޓްސްގެ ދާއިރާގެ ގިނަ ހުނަރުތައް އޭނާގެ ކިބާގައި އެބަހުއްޓެވެ. އަމިއްލަ އަށް އެކްސްޕެރިމެންޓުކޮށް، ގޭ މީހުންނަށް މޭކަޕްކޮށްދީގެން އެ ހުނަރު ފައްކާ ކުރި އެވެ. މިހާރު އެ މަސައްކަތް ކޮށްގެން އޭނާ އަށް އާމްދަނީ ލިބެ އެވެ.

އަހާދް ބުނީ ސައުދީގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަށް ދާއިރު، ގިނަ ތަރިންގެ މޭކަޕް ކޮށްދިނުމަށް އޭނާ އަށް ހުށަހެޅުންތައް އަންނަ ކަމަށެވެ. އަންހެން އަދި ފިރިހެނ އާޓިސްޓުންގެ މޭކަޕް ވެސް ކޮށްދޭ ކަމަށާއި އާޓިސްޓެއްގެ މޭކަޕް ކޮށްދިނުމަށް ގަޑިއެއް ނޫނީ ބައިގަޑި ހޭދަވާ ކަމަށް އޭނާ ބުންޏެވެ.

ސައުދީގެ ކަލްޗާ އެންޑް އާޓްސް އެސޯސިއޭޝަނުން ބުނާ ގޮތުގައި އެ ތަނާ ގުޅިގެން މިހާރު ވެސް 10 އަންހެނަކު މޭކަޕްގެ ދާއިރާގައި ކުރިއަށް އެބަދެ އެވެ. މިއީ އެ މަސައްކަތް ދަސްކޮށްގެން ކުރިއަށްދާ މީހުން ކަމަށާއި ކުރިއަށް އޮތްތަނުގައި މޭކަޕް ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މޭކަޕް ކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް މަހަކު 200 ޑޮލަރު އެ މަސައްކަތުން ލިބޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

infinity loading...
×
DB released 01.