Sun Online
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް: އޭނާ ވަނީ އެ ކޮމިޝަންގެ ސްޕޯކްސް ޕާސަން ކަމަށް ހަމަޖައްސާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް: އޭނާ ވަނީ އެ ކޮމިޝަންގެ ސްޕޯކްސް ޕާސަން ކަމަށް ހަމަޖައްސާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްޕާސަން ކަމަށް އަކުރަމް ހަމަޖައްސައިފި

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސް ޕާސަން ކަމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްޕޯކްސް ޕާސަން ކަމަށް އަކުރަމް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ 403 ވަނަ އާންމު ޖަލްސާ އިން ކަމަށެވެ.

މިހާތަނަށް އެ ކޮމިޝަނުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގެންދަވަނީ އަކުރަމެވެ. އިލެކްޝަންސް ކޮމިޝަނަކީ މީޑިއާއާ ވަރަށް ގާތް ގުޅެއް ބާއްވަމުން އަންނަ ކޮމިޝަނެކެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ދާދިފަހުން އެ ކޮމިޝަނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމަތު ހިއްސާކޮށްފައެވެ.

infinity loading...
×
DB released 01.