ގެލެކްސީ ޖޭ2 ޕްރޯ އަށް އިންޓަނެޓެއް ނުލިބޭ

ސެމްސަންގުން ނެރުނު ގެލެކްސީ ޖޭ2 ޕްރޯ ސްމާޓް ފޯނަކީ އިންޓަނެޓް ލިބޭ ފޯނެއް ނޫނެވެ.

ދޮށީ އުމުގެ މީހުންނަށާއި ކިޔަވާކުދިންނަށް އަމާޒުކޮށްގެން ބާޒާރަށް ނެރުނު މިފޯނަށް ވައިފައި ތްރީޖީ އަދި އެލްޓީއީ ސަޕޯޓެއް ނުކުރާނެ އެވެ.

އިންޓަނެޓް ނުލިބޭ ފޯނެއް ބާޒާރަށް ނެރުނީ ކިޔަވާކުދިންނަށް ޓާގެޓްކުރާ ފޯނަކަށް ވެފައި އިންޓަނެޓަކީ ކުދިން ޑިސްޓްރެކްޓް ކުރާ އެއްޗަކަށް ވާތީ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ. މި ފޯނު ރިލީޒްކޮށްފައި ވަނީ ސައުތު ކޮރެއާ އަށް އެކަންޏެވެ.

ސެމްސަންގް ޖޭ2 ޕްރޯގެ އަގު އުޅެނީ 185 ޑޮލަރަށެވެ. މިއީ އިންޓަނެޓް ލިބޭ ބަޖެޓް ފޯނުތަކާ އަޅާބަލާއިރު ބޮޑު އަގެއް ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.

އިންޓަނެޓް ނުލިބޭސްމާޓް ފޯނުގެ ސްޕެކްސް އަށް ބަލާއިރު ފަސް އިންޗީގެ ކިއުއެޗްޑީ ޑިސްޕްލޭއެއް ހިމެނެ އެވެ. އަދި 1.2 ޖީީބީގެ ރެމް އެއް އަދި މައިކްރޯ އެސްޑީ ސްލޮޓެއް ވެސް ހިމެނެ އެވެ.

ފޮޓޯ ނަގާ، ވީޑިއޯކޮށް ޓެކްސްޓް ކުރެވޭ މި ފޯނުގެ ފްރަންޓް ކެމެރާ އަކީ ފަސް މެގަޕިްކސެލް ކެމެރާއެކެވެ. ބެކް ކެމެރާ އަކީ އަށް މެގަ ޕިކްސެލްގެ ކެމެރާ އެކެވެ.

comment ކޮމެންޓް