ދާދާސާހެބް އެވޯޑް ތަމަންނާއަށް!

ބަތަލާ ތަމަންނާ---

ބަތަލާ ތަމަންނާ ބާޓިއާ އަށް ފިލްމީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާއަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ދޭން ނިންމައިފި އެވެ.

ތަމަންނާ އަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ދޭން ނިންމާފައި ވަނީ "ބާހޫބަލީ: ދަ ބިގިނިންގް"ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ.

މި މަހު 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެވޯޑް ހަފްލާ އަކީ ގިނަ އަދަދެއްގެ ތަރިން ބައިވެރިވާނެ ހަފްލާ އެކެވެ.

ދާދާސާހެބް އެވޯޑް އަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން އިންޑިއާގައި ދެވޭ އެންމެ ޝަފަރުވެރި އެއް އެވޯޑެވެ.

ތަމަންނާގެ އިތުރުން ކުޅަދާނަ އެކްޓަރު އަދި ޕްރޮޑިސަރު އަނުޝްކާ ޝަރްމާ އަދި ކުޅަދާނަ ބަތަލު ރަންވީރު ސިންހް އަށް ވެސް ދާދާސާހެބް އެވޯޑް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ކެންސަރު ބަލީގައި މިދިޔަ އަހަރު ދުނިޔެ ދޫކުރި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވިނޯދު ކަންނާ އަށް ވެސް އެ އެވޯޑް ލިބިގެންދާނެ އެވެ.

comment ކޮމެންޓް