ދީޕިކާ އާއި ރަންވީރު އެއްކޮށް ފިލްމަކުން ފެންނަނީ

ބަތަލާ ދީޕިކާ އަދި ބަތަލު ރަންވީރު

ބޮލީވުޑްގެ މަގްބޫލު ދެ ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހްގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަ މި ދުވަސްވަރު އެ ދެތަރިން އެކުގައި ފިލްމެއް ކުޅުމަށް ސޮއިކޮށްފި އެވެ.

ދެ ތަރިން ސޮއިކޮށްފައި ވަނީ އިންޑިއާގެ އެންމެ ބޮޑު، އެންމެ ކާމިޔާބު ފިލްމުތައް އުފައްދާ ކުންފުނި ޔާޝްރާޖްގެ ފިލްމެއް ކުޅޭށެވެ.

އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް، މަނީޝް ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމަށް ދެ ތަރިން ސޮއިކޮށްފައިވީ ނަމަވެސް ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މަނީޝް ޝަރްމާ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ދެތަރިން އެކުގައި ފެނިގެންދާ އެ ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކަ އަކަށް ތައްޔާރު ކުރާ، ބެލުންތެރިން ރޮއްވާލާނެ ފިލްމެއް ކަމަށެވެ.

މިއީ ދީޕިކާ މަނީޝް އާ އެކީ މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ. މީގެ ކުރިން ޔާޝްރާޖް ކުންފުނިން ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

ދީޕިކާ އަދި ރަންވީރު އެއްކޮށް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު "ޕަދްމާވަތު" އިންނެވެ.

މައުލޫމާތު: ޒޫމް

comment ކޮމެންޓް