Sun Online
އެެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ނިކީ ހާލޭ ---
އެެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ނިކީ ހާލޭ ---

އެމެރިކާގެ ލަނޑުދަނޑިތައް ހާސިލް ނުވަނީސް ސޫރިޔާއަކުން ސިފައިނެއް ނުފައިބާނެ: ހާލޭ

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

ވޮޝިންގްޓަން (ރޮއިޓާސް) – އެމެރިކާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ނުވަނީސް ސޫރިޔާއިން އެމެރިކާ ސިފައިން ނުފައިބާނެ ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ނިކީ ހާލޭ ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުސްގައި ވާހަކަފުޅުދައްކަވަމުން ހާލޭ ވަނީ، އެމެރިކާއިން ހާސިލްކުރަން ބޭނުންވާ ތިން ލަނޑުދަނޑިއެއް ވިދާޅުވެފައެވެ.

އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ކެމިކަލް ހަތިޔާރަކުން އެމެރިކާއަށް އެއްވެސް ކަހަލަ ނުވަތަ ގޮތަކަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރު ކުރުމާއި އިސްލާމިކް ސްޓޭޓް ބަލިކުރުން އަދި އިރާނުން ކުރާ ކަންކަން ބެލުމަށް ރަގަނޅު ސަރަހައްދެއް ގާއިމް ކުރުމެވެ.

"އަހަރެމެންގެ ލަނޑުދަނޑިއެއް އެއީ އެމެރިކާ ސިފައިން އެނބުރި ގައުމަށް ގެނައުން. ނަމަވެސް މިދެންނެވި ލަނޑުދަނޑިތައް ހާސިލްވެއްޖެކަން ކަށަވަރުވަންދެން އަހަރެމެން ނުފައިބާނަން،" ހާލޭ ވިދާޅުވި އެވެ.

ހާލޭ އެހެން ވިދާޅުވިއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ސޫރިޔާގައި ހިންގި ކެމްޕެއިނުގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ގާތްގަނޑަކަށް 2000 ސިފައިންގެ އޮފިސަރުން އެނބުރި ގައުމަށް ގެންނާނެކަން މީގެ ކުރީން ވިދާޅުވެފައެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕު ވިދާޅުވެފައިވަނީ، ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރުން، މަނާކޮށްފައިވާ ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓައި ނުލައިހާ ހިނދަކު، އެމެރިކާއާ ގުޅިފައިވާ ހުޅަނގުގެ ގައުމުތަކުން ސޫރިޔާއަށް ދޭ އަސްކަރީ ރައްދުތައް ވަރުގަދަ ކުރަން ތައްޔާރަށް އޮތްކަމަށެވެ.

އެމެރިކާއާ ރަޝިއާގެ ގުޅުމާ ގުޅޭގޮތުން ހާލޭއާ ސުވާލުކުރުމުން، އޭނާ ވިދާޅުވެފައިވަނީ، އެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތްނަމަވެސް ރަގަނޅު ގުޅުމެއް ގާއިމް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

infinity loading...
×
DB released 01.