އީޑީއެމް ނައިޓާއެކު އައިޑަލްގެ ދަތުރު ރައިހާން ނިންމާލައިފި

ރައިހާން .ގަދަ ހަތަކުން އޭނާ އަށް ވަނީ އައިޑަލް އާ އަލްވަދާއު ކިޔަން ޖެހިފައި --- ފޮޓޯ: މޯލްޑިވިއަން އައިޑަލް

މޯލްޑިވިއަން އައިޑަލްގައި ރޭ އޮތީ އިލެކްޓްރޯނިކް ޑާންސް މިއުޒިކް ތީމް އަށެވެ. އެލެމިނޭޝަން ނައިޓް ނަމަވެސް ފޯރިގަދަ ޝޯ އެއް ރޭ ފެނިގެން ދިޔައެވެ.

ރޭގެ ޝޯ އާއެކު އައިޑަލްގެ ދަތުރު ނިންމާލަން ޖެހުނު ބައިވެރިއަކީ ރައިހާން އާދަމެވެ. ރައިހާނަށް އައިޑަލްގެ ދަތުރު ނިމުމާއެކު އައިޑަލްގެ ގަދަ ހައެއް ވަނީ ކަށަވަރު ވެފައެވެ. ރޭގެ ޝޯގައިވެސ ބައިވެރިންގެ ފަރާތުން ފޯރިގަދަ ޓްރިއޯ އަދި ޑުއެޓް ލަވަތަކެއް ފެނިގެން ދިޔައެވެ.

މިހާރު އައިޑަލްގެ ދަތުރުގައި ތިބި ބައިވެރިންނަކީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ހަސަން ޝަހުދާން، ސައިނާ މުހައްމަދުގެ އިތުރުން ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.

ރޭގެ ޝޯ ގައި ޑީޖޭ ޕައިޑޭގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.

އަންނަ ހަފްތާ ބަންދުގައިވެސް އައިޑަލްގެ ފޯރިގަދަ ޝޯ އެއް ދައްކާނެއެވެ. ގަދަ ފަހެއް ކަށަވަރުވާ ޝޯ އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ.

މިއަދު ޓީވީއެމް ގެނެސްދިން ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ރައިހާން ބުނީ އޭނާގެ މިއުޒިކީ ދަތުރު އަދި މި ފެށުނީ ކަމަށާއި އައިޑަލްގެ ދަތުރުގައި ގިނަ އެއްޗެހިތަކެއް ދަސްވި ކަމަށެވެ. އަމިއްލަ ރާގުގެ އަލްބަމެއް އެހުންތެރިންނާ ހަމައަށް ގެންނަން ބޭނުން ކަމަށާއި ގިޓާ ކުޅެން ދަސްކުރަން އަދި ކިޔަވަންވެސް ބޭނުން ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް