ފޭސްބުކް ސްޓޯރީއަށް ބޫމަރޭންގް

އިންސްޓަގްރާމުން ވައިގައި ހިފައިލި ބޫމަރޭންގް ފޭސްބުކް ސްޓޯރީގައިވެސް ހިމަނަން ނިންމައިފިއެވެ.

އިންސްޓަގްރާމް އަދި ސްނެޕްޗެޓުގެ ގިނަ ފީޗާސްތަކެއް ފޭސްބުކް ސްޓޯރީގައި ހިމަނާފައިވާއިރު ތްރީޑީ ޑްރޯވިން ނުވަތަ އޭއާރް ޑްރޯވިންގް ވެސް ފޭސްބުކް ސްޓޯރީގައި ހިމަނަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

މީގެ ކުރިން ފޭސްބުކް ސްޓޯރީގައި ހިމެނި ލީފިން ޖިފްސްގެ ބަދަލުގައި ބޫމަރޭންގް ބޭނުންކުރަން ނިންމާފައިވާއިރު މި އާ ފީޗާސްތަކާއެކު ޔޫޒަރުންގެ ސަމާލުކަން ފޭސްބުކް ސްޓޯރީއަށް ދަމައިގަނެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

އިންސްޓަގްރާމް އާއި ސްނެޕްޗެޓް ސްޓޯރީއަށް ލިބިފައިވާފަދަ ސަޕޯޓެއް އަދި ފޭސްބުކް ސްޓޯރީއަށް ނުލިބެއެވެ. ނަމަވެސް ބޫމަރޭންގް ފީޗާ އާއެކު ފޭސްބުކް ސްޓޯރީ މިހާރަށްވުރެ ބޮޑަށް ވައިގައި ހިފާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އޭއާރް ޑްރޯވިންގްސް ނުވަތަ ތްރީޑީ ކޮށް ކުރަހާލެވޭ ފީޗާ އެހެން ޕްލެޓްފޯމުތަކުން ފެންނާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

comment ކޮމެންޓް