ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ތ. ތިމަރަފުށީ ނައިންފަރު އިބްރާހިމް ޚަލީލް: މިއަދު މެންދުރުފަހުން ފެށިގެން އޭނާ ގެއްލިގެން އަންނަނީ ހޯދަމުން ---

ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިއަދު ހުކުރު ނަމާދަށް ދިޔަފަހުން ގެއަށް ނައިސްގެން ހޯދަމުން ދަނީ ތ. ތިމަރަފުށީ ނައިންފަރު، އުމުރުން 41 އަހަރުގެ އިބްރާހީމް ޚަލީލެވެ.

ޚަލީލްގެ އާއިލާގެ މެމްބަރަކު "ސަން" އަށް ކިޔައިދިންގޮތުގައި އެންމެފަހުން ޚަލީލު ފެނުނީ ވިލިމާލޭ ގޯނބިލި ކެފޭތެރެއިން އޭނާގެ ރައްޓެއްސަކަށެވެ.

ގެއްލުނުއިރު، ޚަލީލުގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނިގޮތުގައި އޭނާ މިއަދު ލައިގެން ހުރީ ގަދަނޫ ކުލައިގެ ގަމީހަކާއި ގަދަ މުށި ކުލައިގެ ފަޓުލޫނެކެވެ. "ބައްޕަގެ ފޯނާއި ޕަވަބެންކު ފިޔަވައި އެހެން ހުރިހާ އެއްޗެއް ގޭގައި އެބަހުރި،" ޚަލީލްގެ ދަރިއަކު ކިޔައިދިނެވެ.

ޚަލީލުގެ ފޯނު ވަނީ ނިއްވާލާފައި ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އަދި އޭނާ ހޯދުމަށް އާއިލާ އިން ކުރި މަސައްކަތް ކާމިޔާބުނުވުމުން އެ މައްސަލަ މިރޭ 10:00 ގައި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އާއިލާ އިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް