އުރީދޫގެ ސުޕަނެޓް ބްރޯޑްބޭންޑް ގއ. ވިލިނގިއްޔަށް

އުރީދޫގެ ސުޕަނެޓް ބްރޮޑްބޭންޑުގެ ހިދުމަތް ގއ. ވިލިނގިއްޔަށް ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން ބުނީ މިމަހުގެ ނިޔަލަށް ވިލިނގިލިން އުރީދޫ ސުޕަނެޓް ކަނެކްޝަން ނަގާނަމަ މަހުފީ އިން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ކަނެކްޝަން ފީގެ ގޮތުގައި އެއްވެސް އެއްޗެއް ޖާޖު ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިޤްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި، އިންޓަނެޓް ފާހަގަކުރެނިވި ދައުރެެއް އަދާކުރޭ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ފުރިހަމަ އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، ވިލިގިލީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ސުޕަނެޓް ބްރޯޑްބޭންޑް ގެ ތަފާތު ޕެކޭޖުތައް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ.

މި ޚިދުމަތާއި އެކު، ވިލިނގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ލިބޭނެ ފުރުސަތުވެސް ތަނަވަސްކޮށްދީފައެވެ.

ވިލިނގިއްޔަށް ސުޕަނެޓްގެ ޙިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ މޯލްޑިވްސް އިނޮވޭޝަން ކޮމްޕެނީ އެވެ.

comment ކޮމެންޓް