ހުށަހެޅުންތައް ރެގޭ ސްޓައިލަށް، ޕްރެޒެންޓަރުންގެ ވެސް ރީތި ހުށަހެޅުމެއް!

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތެއް---

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތް ބައިވެރިންގެ ހުށަހެޅުންތައް ރޭ ވަނީ އިވިގެން ގޮސްފައެވެ.

ރޭގެ ލަވަތަށް ހުށަހަޅައިދީފައި ވަނީ "ރެގޭ" ސްޓައިލަށެވެ. ހިތްގައިމު ރީތި ލަވަތަކެއް ރޭ އަޑުއިވިގެން ދިޔައިރު ޖަޖުން ވަނީ ރަނގަޅުކޮށްލަން ޖެހޭ ބައިތައް ބައިވެރިންނަށް ކިޔައިދީފައެވެ.

ޖަޖުން ބުނީ ރޭ އެންމެ ރެގޭ ސްޓައިލް އަކަށް ލަވަކިޔާފައި ވަނީ އަޒަލް ކަމަށެވެ. ޖަޖުންނަށް އެންމެ ރީތިވި ހުށަހެޅުމަކަށް އަޒަލްގެ ހުށަހެޅުން ވެފައިވާއިރު މިރޭ އޮންނާނީ ގަދަ ހައެއް ހޮވުމަށް ބާއްބާ އެލިމިނޭޝަން ޝޯ އެވެ.

ރޭ ވަނީ އައިޑަލްގެ ޕްރެޒެންޓާސް މޫސާ ވަސީމް އަދި ޝާއިނާ ޝަރީފްގެ ލަވައެއް ވެސް ސްޓޭޖު މަތިން ފެނިގެން ގޮސްފައެވެ.

ރޭ ހުށަހެޅުންތައް ފެނިގެން ދިޔަ ހަތް ބައިވެރިންނަށް ވޯޓު ލުން މިއަދުގެ 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

އައިޑަލް ޝޯއިން މިރޭ ވަކިވެގެން ދާނީ ޖަޖުންގެ 50 އިންސައްތަ މާކުސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމާއެކު، އެންމެ ދަށުން މާކުސް ލިބޭ އެއް ބައިވެރިއެކެވެ.

comment ކޮމެންޓް