"ޓްރުތް އޯ ޑެއާ" ޝްވެކްގައި ދެއްކުން ފަސްކޮށްފި

ޓްރުތް އޯ ޑެއާ---

ޖެފް ވާޑްލޯ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ޓްރުތް އޯ ޑެއާ" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހުނު ނަމަވެސް އެ ފިލްމު ރިލީޒްކުރުން ފަސްކޮށްފިއެވެ.

ޝްވެކް ސިނަމާއިން ބުނީ އެ ފިލްމު ޝްވެކްގައި ޕްރިމިއަރކުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. ޓިކެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން، ރީފަންޑު ކުރެވޭނެ ކަމަށް ވެސް އެ ސިނަމާއިން ބުންޏެވެ.

ފިލްމުގައި ފެނިގެންދަނީ ގޮތް ނޭނގޭ ގޭމެއް ކުޅެގެން ދިރިއުޅުން މުޅިން ބަދަލުވެގެންދާ މަންޒަރެވެ. ޓްރުތް އޯ ޑެއާގެ ތަރިންގެ ތެރޭގައި ލޫސީ ހޭލް، ޓައިލާ ޕޯސީ، ނޯލަން ޖެރާޑް ފަންކް، ވައިލެޓް، ބީން އަދި ސޯފިޔާ ޓެއިލާ އަލީ ހިމެނެއެވެ.

ބްލަމް ހައުސް ޕްރޮޑަކްޝަން އިން އުފައްދާފައިވާ އެ ފިލްމަކީ، ތްރިލާ އަދި ބިރުވެރި ޖޯންރާގެ ފިލްމެކެވެ.

comment ކޮމެންޓް