އީމާންކަމާއި، ތަރުބިއްޔަތާއި އިޖުތިމާއީ އެތަކެއް ދަރުހެއް ހިމެނޭ އިސްރާއައި މިޢުރާޖުގެ ދަތުރު

މަސްޖިދުލް އަލް އަގްސާ---

ކީރިތި ރަސޫލާ صلی اللہ علیہ وسلم އިސްރާއާއި މިޢުރާޖަށް ކުރެއްވި ދަތުރުފުޅުގައި އީމާންކަމާއި، ތަރުބިއްޔަތާއި އިޖުތިމާއީ އެތަކެއް ދަރުހެއް ހިމެނޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވަނީ ކީރިތި ރަސޫލާ صلی اللہ علیہ وسلم، އިސްރާއާއި މިޢުރާޖަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށެވެ. އެގޮތުން އިސްރާއި މިޢުރާޖުގެ ހާދިސާއަކީ މުސްލިމުންނާ ކުރިމަތިވި އިމްތިހާނެއް ކަމަށާއި އަދި އެ ހާދިސާ އެންމެ ފުރަތަމަ ގަބޫލުކުރެއްވި ބޭފުޅަަކީ އަބޫބަކުރުގެފާނު ކަމަށާއި އަދި އެކަލޭގެފަނާށް އައްސިއްދީގުގެ ލަގަބު ލިބިލެއްވީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އިސްރާއާއި މިޢުުރާޖުން ލިބުނު އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުލު ފަސް ނަމާދު ކަމަށެވެ.

"މަތިވެރިވެގެންވާ މި ހާދިސާގެ ތެރޭގައި ރަސޫލުﷲ صلی اللہ علیہ وسلمގެ މައްޗަށާއި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ނަމާދު ފަރުުޟު ކުރެއްވުން ހިމެނެއެވެ.ރަސޫލުﷲ صلی اللہ علیہ وسلمގެ އަހުން ކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމްވެވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝަރީއަތުގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެން ދެއެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.

ނަމާދަކީ ދީނުގެ ތަނބުކަމަށާއި އަދި މަހުޝަރު ބިމުގައި ހިސާބު ބައްލަވާއިރު އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާމެދުގައި ކަމަށާއި އަދި ކީރިތިރަސޫލުﷲ صلی اللہ علیہ وسلم ސުވަރުވެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި އެންމެ ފަހުން ކުރެއްވި ވަސިއްޔަތަކީވެސް ނަމާދު ކަމަށް ހުތުބާގައި ވެއެވެ.

comment ކޮމެންޓް