ކޮންގްރެސްއަށް ޒަކަބާގް ހާޒިރުކުރިފަހުން، އޭނާގެ މިލްކިއްޔާތަށް އިތުރު ތިން ބިލިއަން ޑޮލަރު!

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް: ކޮންގްރެސްއަށް ޒުކަބާގް ހާޒިރުކުރިފަހުން، އޭނޭގެ މިލްކިއްޔާތަށް ތިން ބިލިއަން ޑޮލަރު ވަނީ އިތުުރުވެފައި-- ފޮޓޯ: ބީބީސީ

ފޭސްބުކް ބޭނުން ކުރި އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގްއާ ސުވާލުކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ހާޒިރުކުރި ފަހުން، ޒަކަބާގުގެ މިލްކިއްޔާތަށް ތިން ބިލިއަން ޑޮލަރު އިތުރުވެއްޖެެވެ.

މާކް ޒަކަބާގާ ސުވާލުކުރުމަށް މިދިޔަ އަންގާރަ ދުވަހު ހާޒިރުކުރި ފަހުން ފޭސްބުކުގެ ހިއްސާ އިއްޔެ ދަށަށް ދިޔަނަމަވެސް މިހާރު ފޭސްބުކްގެ ހިއްސާ ވަނީ ތިން ޕަސެންޓް ކުރިއަށް ޖެހިލައިފައެވެ.

ފޭސްބުކުގައި ޒުކަބާގުގެ 401.4 މިލިއަން ހިއްސާ އޮވެއެވެ. އެހެން ކަމުން އޭނާގެ މިލްކިއްޔާތަަށް ތިން ބިލިއަން ޑޮލަރު މިހަފުތާގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އަދި އޭނާގެ މިލްކިއްޔާތުގައި މިހާރު 66 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ފޯބްސް އިން ބުނީ ޒަކަބާގަކީ މިހާރު ދުނިޔޭގައި ހަތްވަނައަށް އެންމެ މުއްސަނދި މީހާ ކަމަށެެވެ.

ޒަކަބާގްގެ މުއްސަނދިކަން އިތުރުވިއިރު ފޭސްބުކުގައި ހިއްސާ އޮންނަ އެހެނިހެން ފަރާތްތަކަށް ވެސް ވަނީ ފައިދާވެފައެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފޭސްބުކުގެ ޖުމްލަ މާކެޓް ވެލިއު ވެސް ވަނީ 23 ބިލިއަން ޑޮލަރު އިތުރުވެފައެވެ.

comment ކޮމެންޓް