ދިއްދޫ ކައުންސިލްގެ އިދާރާ ފުލުހުން ފާސްކޮށްފި

ދިއްދޫ --

ހއ. ދިއްދޫ ކައުންސިލް އިދާރާ އަށް ފުލުހުން ވަދެ އެ ތަން މިއަދު ބަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިއްދޫ ކައުންސިލް އިދާރާ ފާސްކޮށްފައި ވަނީ ފުލުހުން މިހާރު ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަން ފުލުހުން ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް އެއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނަމަވަސް ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ދިއްދޫ ކައުންސިލް އިދާރާ ބަލައި ފާސްކޮށްފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި އެ ރަށު ކައުންސިލުން ނެރުނު ބަޔާނާއި އަދި އިތުރު ލިޔެކިޔުންތަކުގެ އަސްލު ހޯދުމަށް ކަމަށެވެ.

މިދިޔަ މަހު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެ ރަށު ކައުންސިލުގެ ރައީސް އާއި އިތުރު ތިން ކައުންސިލަރުން ސަސްޕެންޑްކޮށްފަ އެވެ.

comment ކޮމެންޓް