ޝާހީ ކައިވެނީގެ ދައުވަތު ސިޔާސީ ފަރާތްތަކަށާއި ޑިޕްލޮމޭޓުންނަކަށް ނުދޭ

ޕްރިންސް ހެރީ އަދި މޭގަން މާކްލްގެ ---

އަންނަ މަހުގެ 19 ވަނަ ދުވަހަކީ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނި ކުރެވޭނެެ ދުވަހެވެ. ކައިވެނީގެ ދައުވަތު 2000 އަށް ވުރެ ގިނަ މީހުންނަށް ދީފައިވެއެވެ. ކައިވެނީގެ ދައުވަތު ދީފައިވާ މީހުންގެ ތެރޭގައި ޑިޕްލޮމޭޓުންނާއި ސިޔާސީ ފަރާތްތައް ނުހިމެނޭކަމަށް މި ކައިވެނީގެ އެންމެ ފަހުގެ ހަބަރުތައް ބުނެއެވެ.

ޝާހީ ކައިވެނީގެ ހަފްލާގައި ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ކުޅިވަރު ކުޅޭ މީހުންނާއި މުޖުތަމައުގައި ދަރުމައަށް މަސައްކަތް ކުރާ ގިނަ ބަޔަކު ބައިވެރިވާނެއެވެ. މި ހަފްލާއަށް އާންމުންގެ ގިނަ ބަޔަކުވެސް ދާނެކަމަށް ބެލެވެއެވެ.

ނަމަވެސް އާންމުންގެ މީހުންނަށް ރަސްމީ ހަފްލާގައި ބައިވެރިއެއް ނުވެވޭނެއެވެ. މި މީހުންނަށް ޝާހީ ކައިވެންޏާ ގުޅިގެން ބާއްވާ އުފާ ފާޅުކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެއެވެ.

ކައިވެނީގެ ކަންތައް ކުރިއަށް ދާނީ ސެއިންޓް ޖޯޖުގެ ވިންޑްސާ ކާސްލްގައެވެ. ވިންޑްސާ ކާސްލްގެ ތެރެއަށް ވަދެވޭނެ އާންމުންގެ މީހުންގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މެންޗެސްޓާ އެރީނާ އެޓޭކުގައި ޒަހަމްވި 12 އަހަރުގެ އަންހެން ކުއްޖެކެވެ.

ޕްރިންސް ވިލިއަމްސް އާއި ކޭޓް މިޑެލްޓަންގެ ކައިވެނީގެ ހަފްލާގައި ޑިޕްލޮމޭޓުންނާއި ޕްރައިމް މިނިސްޓަރުން އަދި މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް