ހުޅުމީދޫގައި ހުންނަ ކުނިކޮށީގައި ރޯވެ އަނދަނީ

އައްޑޫ ހުޅުމީދޫގައި ހުންނަ ވެމްކޯ އޮފީހުގައި ރޯވެފައި--- ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ހުޅުމީދޫ ކުނިކޮށީގައި ރޯވެ އަނދަމުން އެބަދެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމީދޫ ކުނިކޮށީގައި ރޯވެފައިވާ ކަމަށާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެ އެވެ.

އަލިފާން ރޯވެ މުޅި ސަރަހައްދަށް ފެތުރިފައި ވަނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ހާދިސާ އާ ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމީދޫގައި ހުންނަ ވެމްކޯ ކުނި ކޮށީގައި އަލިފާން ރޯވި ހަބަރު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު ފަހު 2:45 އެހާކަންހާއިރު ކަމަށެވެ. އެމްއެންޑީއެފް އަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދުރު ފަހު 15:15ގައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އައްޑޫސިޓީ ކައުންސިލްގައި ހުޅުދޫ ތަމްސީލުކުރައްވާ މެންބަރު އިބްރާހިމް ޝުކުރީ ވިދާޅުވީ ހުޅުމީދޫގައި ހުންނަ ވެމްކޯގެ ކުނިމެނޭޖުކުރާ އިމާރާތާއި އޮފީހުގައި ވެސް ރޯވެފައިވާ ކަމަށެވެ. އެތަނުގައި ޕްލާސްޓިކާއި ރަބަރު ޓަޔަރު ފަދަ އެއްޗެހި ވެސް ހުރި ކަމަށާއި އަލިފާންރޯވެ އަނދަމުންދާ އިރު ކަޅުދުން އަރަމުންދާ ކަމަށެވެ.

އަދި އަލިފާން ނިއްވާނެ ވަސީލަތް އެތަނުގައި ގާއިމްކޮށްފައި ނެތް ކަމަށާއި އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހެރެތެރެ ރިސޯޓުގައި މިހާރު އެދިފައިވާ ކަމަށް ޝުކުރީ ވިދާޅުވި އެވެ. ޝުކުރީ ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ވެމްކޯ އިމާރާތުގެ ފުރާޅު ވެސް ވެއްޓެމުންދާ ކަމަށެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާމަނުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފްސީލު އަންނަނީ

comment ކޮމެންޓް