ދާދާސާހެބް ފާލްކޭ އެވޯޑު ރަންވީރަށް!

ޕަދްމާވަތުގެ މަންޒަރެއްގައި ރަންވީރު---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު، ރަންވީރު ސިންގ، ފިލްމީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާއަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ދޭން ނިންމައިފި އެވެ.

ރަންވީރަށް ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑު ދިނުމަށް ނިންމައިފައި ވަނީ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީ އިންނެވެ. ރަންވީރަށް އެ އެވޯޑު ލިބެނީ ފިލްމު 'ޕަދްމާވަތު' ގައި އޭނާ އަދާކޮށްފައިވާ އަލާއުއްދީން ޚިލްޖީގެ ރޯލަށެވެ.

ޖެނުއަރީ މަހު ރިލީޒް ކުރި 'ޕަދްމާވަތު'ގައި ރަންވީރު އަދާކޮށްފައިވާ ރޯލު ފުރިހަމަ ކަމުން ބެލުންތެރިންނާ ކުރިޓީކުންގެ ތައުރީފު އޭނާއަށް އަދި ވެސް އަންނަނީ ލިބެމުންނެވެ.

މިހާރު ރަންވީރު ލޭބަލް ކުރެވިފައި ވަނީ ބޮލީވުޑްގެ "އެންމެ އައިކޮނިކް ވިލަން" ގެ ގޮތުގައެވެ.

ދާދާސާހެބް އެވޯޑަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން އިންޑިއާގައި ދެވޭ އެންމެ ޝަފަރުވެރި އެއް އެވޯޑެވެ. އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ރަންވީރުގެ އިތުރުން ކުޅަދާނަ އެކްޓަރު އަދި ޕްރޮޑިސަރު އަނުޝްކާ ޝަރްމާއަށް ވެސް މި އަހަރު ދާދާސާހެބް އެވޯޑު ލިބިގެންދާނެ އެވެ.

comment ކޮމެންޓް