މީރާ ދެވަނަ ދަރިފުޅަށް ބަލިވެ އިނީތަ؟

ޝާހިދު ކަޕޫރު އަދި އޭނާގެ އަންހެނުން މީރާ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން، މީރާ ރާޖްޕުތު ދެވަނަ ދަރިފުޅަށް ބަލިބެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ޚަބަރުތައް ބުނާގޮތުން، މީރާގެ ބަނޑަށް ބަލައިލުމުން މިހާރު ބަލިވެ އިންކަން އެނގެ އެވެ. މީރާ ބަނޑުބޮޑު ކަމަށް ރިޕޯޓުތައް ބުނަމުން އަންނަ އިރު، އެކަމާ ގުޅިގެން އެ ދެމަފިރިންގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ކައިވެނި ކުރި ޝާހިދާއި މީރާއަށް ފުރަތަމަ ކުއްޖަކު ލިބިފައި ވަނީ 2016 ވަނަ އަހަރުގެ އޯގަސްޓު 26 ގައެވެ. ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ މިޝާ ކަޕޫރު އެވެ.

ފުރަތަމަ ދަރިފުޅަށް ފަހު މީރާ ވަނީ ކައިރި މުސްތަގުބަލެއްގައި ދެވަނަ ކުއްޖަކު ހޯދަން ބޭނުންވާކަަމަށް ބުނެފައެވެ. މީރާ ބުނީ އޭނާ މަސައްކަތް ކުރަން ފަށާނީ ދެވަނަ ކުއްޖަކު ހޯދުމަށްފަހު ކަމަށެވެ.

މީޑިއާގައި އެފަދަ ހަބަރުތައް ފެތުރުނު ނަމަވެސް، މިހާތަނަށް އައި އިރު އެކަން އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެންކަމުން، ދެން އޮތީ ޝާހިދު އާއި މީރާގެ ކޮމެންޓަކަށް އިންތިޒާރު ކުރުމެވެ.

comment ކޮމެންޓް