ނުގަވައިދުން މައުލޫމާތު އެއްކޮށްފައިހުރި ކަސްޓަމަރުންނަށް އެކަން އަންގަން ފަށައިފި

ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން ނު ގަވައިދުން އެ މީހުންގެ މައުލޫމާތު އެއްކޮށްފައި ހުރި އެތައް މިލިއަން ބަޔަކަށް ފޭސްބުކް އިން އެކަން އަންގަން ފަށައިފިއެވެ.

ކޭމްބްރިޖް އެނެލެޓިކާ ޑާޓާ ސްކޭންޑަލްގެ ޝިކާރައަކަށްވި މީހުންނަށް ފޭސްބުކް އިން އަންނަނީ ނޯޓިފިކޭޝަންއެއް ފޮނުވަމުންނެވެ.

އަށްޑިހަ ހަތް މިލިއަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނުގަވައިދުން އެއްކޮށްފައިވާއިރު މިކަން ފެށިފައިވަނީ 2015 ވަނަ އަހަރުއެވެ.

ފޭސްބުކް ޔޫޒަރުންގެ ތެރެއިން މި ކަމުގެ ޝިކާރައަށްވެފައިވާ މީހުންނަށް ލިންކެއް ފޮނުވައި، ބޭނުންނޫން އެޕްލިކޭޝަންތައް އެމީހުންގެ ފޭސްބުކް އިން ޑީ ލިންކު ކުރަން ބުނެއެވެ. އަދި އެ އެޕްލިކޭޝަނެއްގެ ސަބަބުން މީހާގެ މައުލޫމާތު އެހެން ބަޔަކަށް ބޭނުންކުރެވޭނެ ކަމާއި އޭގެ ސަބަބުން ވެދާނެ ކަންތައްވެސް އެ ނޯޓިފިކޭޝަނުން ބުނެދޭނެއެވެ.

ފޭސްބުކްގެ ޕްރައިވެސީ ސްކޭންޑަލަށް ފަހު ޔޫޒަރުންގެ އިތުބާރު ގެއްލިފައިވަނިކޮށް ފޭސްބުކް އިން އަންނަނީ ޕްރައިވެސީ ކަންތައް ހަރުދަނާ ކުރުުމަށް ފިޔަވާޅުތައް އަޅަމުންނެވެ.

ޔޫޒަރުންގެ މައުލޫމާތު ބޭނުންކުރާ ގޮތާ ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ މާކް ޒަކަބާގް މި ހަފްތާ ތެރޭ ޖަވާބުދާރީ ވާނެއެވެ.

comment ކޮމެންޓް