މިއީ ގަވައިދުން އާ ކުރަންޖެހޭ އެއްޗެހި!

ގޭތެރެ ސާފުކޮށް ބޭއްވުމަށް ކުރަންވީ ހަމައެކަނި ކަމަކީ ދެއިރު ކުނިކަހާ ފެންފޮތި ލުމެއް ނޫނެވެ. މީގެ އިތުރުން ސަމާލުކަންދޭންވީ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ވަކި ގަވައިދަކުން ތަންމަތިތައް ބަދަލުކޮށް ތުވާލިތައް ދޮވެ ހަދަންޖެހެއެވެ. ތަށިދޮންނަން ބޭނުންކުރާ ސްޕަންޖުކޮޅު ބަދަލުކުރަން ޖެހެއެވެ.

ދަތްއުނގުޅާ ބުރުސް:

  • އަނގައިގެ ސާފުތާހިރު ކަމަކީ މީހާގެ ސިއްހަތު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަނގައިގެ އެތެރެ ސާފުކުރުމަށް ބޭނުންކުރާ ބުރުހަކީ ކޮންމެ ތިން މަހަކުން ބަދަލު ކުރަންޖެހޭނެ އެއްޗެކެވެ.

ބޮލުގައި އަޅާ ބުރުސް/ ފުނާ:

  • ބޮލުގައި އަޅާ ފުނަލަކީ ވެސް ގިނަ އަދަދެއްގެ ބެކްޓީރިއާ އޭގައި ހަރުލާފައި ހުންނާނެ އެއްޗެކެވެ، ކޮންމެ ހަފްތާ އަކު ބޮލުގައި އަޅާ ފުނާ ނޫނީ ބުރުސް ދޮންނަންވާނެއެވެ. އަދި އަހަރަކު އެއްފަހަރު އެ ތަކެތި އާ ކުރަން ވާނެއެވެ.

ފައިވާން:

  • ފައިތިލަ ރީތިކޮށް ބެހެއްޓުމަށް ސަމާލުކަންދޭ އިރު އެންމެ މުހިއްމު ކަމަކީ އަރާ ފައިވާނަކީ ސާފުތާހިރު، ފަޔަށް ފަސޭހަ އެއްޗަކަށް ހެދުމެވެ. ހަފްތާއަކު އެއްފަހަރު ފައިވާން ދޮވުމަށާއި ހަލާކުނުވި ނަމަވެސް ކޮންމެ ހަމަހަކުން ފައިވާން އާ ކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.

ސްޕަންޖު:

  • ބަދިގޭގައި ގެންގުޅޭ ސްޕަންޖު ކޮޅު މަދުވެގެން ކޮންމެ ތިން މަހަކުން ބަދަލުކުރަންވާނެއެވެ.

ގޮދަނޑި:

  • އިންސާނާގެ ހަޔާތުގެ 25 އަހަރު ހޭދަކުރަނީ ނިދުމުގައެވެ. މީހާގެ ދުވަސް ރަނގަޅަށް ފެށުމަށާއި، ހަމަނިދި ލިބުމަށް އެންމެ މުހިއްމު އެކައްޗަކީ ރަނގަޅު އަރާމު ގޮދަނޑިއެކެވެ. ނިދާ ގޮދަނޑި ކޮންމެ އަށް މަހަކުން ބަދަލު ކުރަން ޖެހެއެވެ.

ބާލީސް:

  • ކޮންމެ ތިން މަހަކުން ބާލީސްތައް ދޮންނަން ވާނެ އެވެ. އަދި ކޮންގެ 2-3 އަހަރަކުން ބާލީސްތައް އާކުރަންވާނެއެވެ.

ތުވާލި:

  • އެންމެ އަވަހަށް ދޮންނަން ޖެހޭނެ އެކައްޗަކީ ފެން ހިއްކާ ތުވާއްޔެވެ. ކޮންމެ 1-3 އަހަރަކުން ތުވާލި އާކުރަން ވާނެއެވެ. އަދި ފެންހިއްކާއިރު ރީތިކޮށް ނުހިއްކޭނަމަ ތުވާލި ދޮންނަންވީއެވެ.
comment ކޮމެންޓް