ސާކް އާއެކު ކުރިއަށް ދިއުމަކީ މިހާރު ދަތި ކަމެއް: އިންޑިއާ

އިންޑިއާގެ ބޮޑުވަޒީރު ނޭޕާލުގެ ބޮޑުވަޒީރާއެކު---

ސައުތު އޭޝިއާގެ ސަރަޖހައްދީ ޖަމްއިއްޔާ ސައުތު އެޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާއެކެކު ކުރިއަށް ދިއުމަކީ މިހާރު ދަތިކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ސަރަހައްދީ ޖަމްއިއްޔާ ސާކް ހިނގަމުންދާގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ މޭރުމަކުން މޯދީ ވާހަކަ ދައްކަވާފައި މިވަނީ އަވައްޓެރި ނޭޕާލުގެ ބޮޑުވަޒީރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކާލީ ހޮނިހިރު ދުވަހު ވިދާޅުވީ ޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ސާކް ސަމިޓުގައި ބައިވެރިވަޑައިގެންނެވީ ވަރަށް ޝައުގުވެރިކަމާ އެކުގައި ކަމަށް ނޭޕާލުގެ ބޮޑުވަޒީރު އަރިހުގައި މޯދީ ދެންނެވި ކަމަށާއި ނަމަވެސް މިހާރު ހާލަތު އޮތްގޮތުން ސާކާއެކު ކުރިއަށް ދިއުމަކީ ކުރެވޭނެ ކަމެއްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށް ގޯކާލީ ވިދާޅުވިއެވެ.

ސާކް ސަމިޓް އެންމެ ފަހުން ބާއްވާފައިވަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ 2014 ވަނަ އަހަރުއެެވެ. 2016 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވަން ނިންމި ސާކްސަމިޓު ބޭއްވޭގޮތް ވެފައި ނުވަނީ އިންޑިއާ އާއި އިތުރު ގައުމުތަކުން އެ ސަމިޓު ބޯއީކޮޓު ކުރުމުންނެވެ. އިންޑިއާ އިން 2016 ވަނަ އަހަރުގެ ސާކް ސަމިޓް ބޯއިކޮޓް ކުރީ ކަޝްމީރުގެ އިންޑިއާ ފަޅީގައިވާ އޫރީ ނަމަކަށް ކިޔާ ރަށުގައި އޮންނަ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ބަޔަކު ދިން ހަމަލާއަކާ ގުޅުވައިގެންނެވެ.

އެ ހަމަލާގެ ޒިންމާ އިންޑިއާ އިން އެޅުވީ ޕާކިސްތާނުގެ ބޮލުގައެވެ.

އިންޑިއާ އާއެކު 2016 ވަނަ އަހަރުގެ ސާކް ސަމިޓް ބޯއިކޮޓު ކުރި ގައުމުތަކަކީ ބަންގްލަދޭޝް އާއި ބޫޓާން، ނޭޕާލް އަދި އަފްޣާނިސްތާނެވެ.

މި މޭރުމުން މޯދީ ވާހަކަ ދެއްކެވި ނަމަވެސް ސާކުން ވަކިވެ ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން މޯދީ ވިދާޅުވެފައެއް ނުވެއެވެ.

comment ކޮމެންޓް