ރެމްޕޭޖް ވެސް މި ހަފްތާ ބަންދުގައި ޝްވެކަށް

ރެމްޕޭޖްގެ ޕޯސްޓަރެއް---

ބްރެޑް ޕޭޓޮން ޑައިރެކްޓްކޮށްފައިވާ ފިލްމު "ރެމްޕޭޖް" ވެސް މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާ އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑްވެއިން ޖޯންސަން، ނައޯމީ ހެރިސް، މާލީ ޝެލްޓަން ފަދަ ތަރިން ފެނިގެންދާ އެ ފިލްމަކީ އެޑްވެންޗާ އެކްޝަން ފިލްމެކެވެ.

ފިލްމުގައި ދައްކުވައިދޭނީ ޖޯންސަން، ގޮރިއްލާއެއް ގެންގުޅެމުން އަންނަ މަންޒަރެވެ. ގޮރިއްލާ ކުޑައިރުން ފެށިގެން އޭތި ބަލަހައްޓަމުން އަންނަނީ ޖޯންސަން އެވެ. ފިލްމުގައި އުޅޭ ތަރިން އެކްސްޕެރިމަންޓެއް ހަދާ މަންޒަރު ދައްކުވައިދެއެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ ހީވެސް ނުކުރާ ގޮތަށެވެ. ހެދި އެކްސްޕެރިމަންޓްގެ ސަބަބުން ކަންތައްތައް މުޅިން ގޯސްވެ އެއިން އާދަޔާ ޚިލާފް "ކްރީޗާ" އެއް އުފެދެއެވެ. އެގައުމުގައިވާ ހުރިހާ ތަނެއް އޭތި ހަލާކު ކުރެއެވެ.

އެ ފިލްމަކީ ނިއު ލައިން ސިނަމާ އާއި ފްލިން ޕިކްޗާ ކޮމްޕެނީ ގުޅިގެން ގެނެސްދެމުން އަންނަ ފިލްމެކެވެ.

ރެމްޕޭޖްގެ އިތުރުން "ޓްރުތް އޯ ޑެއާ" ވެސް މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް